ދިވެހިރާއްޖެ
ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު 2025 (އިސްލާޙު 1)، ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުގައި އާންމުކޮށްފައިވާނެކަމުގައި ދެންނެވީމެވެ.
https://www.csc.gov.mv/Policy/Index/102
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު 2025 އަށް ގެނެސްފައިވާ ބަދަލު:
އުޞޫލުގެ 4 ވަނަ ނަންބަރު އިޞްލާޙުކުރެވުނުގޮތް: " މުސާރައިގެ ކުރިއެރުން ދެވޭނީ، މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމާއެކު، އެ ކުރިއެރުން ދިނުމަށް ބޭނުންވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން، އެ މުވައްޒަފަށް ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެންނެވެ."
