ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މައިލޯ ރަމަޝާން ކްރިކެޓް ކާނިވަލް 2026

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އަންނަ ރަމަޟާން މަހު މައިލޯ ރަމަޝާން  ކްރިކެޓް ކާނިވަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކާނިވަލް ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.

 

މި އަހަރު މުބާރާތަކުގައި  ޓީމުތައް ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ވާ އަދަދަށެވެ. މި ގޮތުން ޓީމް ތައް ބައިވެރިކުރެވޭނީ، މުބާރާތުގައި ބައިވެރިވެ، ބައިވެރިވުމުގެ ފީ ދައްކާ ތަރުތީބުންނެވެ.  

 

އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތް (ހަމަ އެކަނި ދިވެހިންއަށް) - 16 ޓީމް   

އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތް (ހަމަ އެކަނި ސަރުކާރު އޮފީސްތަކަށް) - 06 ޓީމް

ކޮމްޕެނީ ކްރިކެޓް މުބާރާތް (ހުރިހާ އެންމެންއަށް ހުޅުވާލެވިގެން) - 10  ޓީމް

މުބާރާތުގައި ބައިވެރިވާން ބޭނުންވާފަރާތްތަކުން 6 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ބޯޑަށް އީމެލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯދުމަށް 7535911 ނަންބަރަށް ގުޅުއްވާދެއްވުމަށް އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

 

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

 

[email protected] / [email protected] 

 

ފޯން: 3325503 / 7535911

07 ޖަނަވަރީ 2026
ހޯދާ