ދިވެހިރާއްޖެ
އިޢުލާން
ބަންގި މުބާރާތުގައި ބައިވެރިވުމާއިގުޅޭ
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ނޫރުލް އަޛާން 1447" ބަންގި މުބާރާތް މިއަހަރު ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ރޭވިފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާގޮތަށް ބައިވެރިއަކާއެކު ޖުމްލަ 19 އަތޮޅުން 19 ބައިވެރިންނާއެކު ކުރިއަށް ގެންދާގޮތަށެވެ. އަދި މިމުބާރާތުގައި ބައިވެރިވެވޭނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ފިރިހެން ބައިވެރިންނަށެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލް އިދާރާގެ ނަންބަރު: 6580049 ނަންބަރު އާއި ގުޅުއްވައިގެން ނަންނޯޓް ކުރުމަށް ދަންނަވާލަމެވެ. ނަން ނޯޓް ކުރުން ކުރިއަށްދާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ނަންނޯޓް ކުރުމުގެ ސުންގަޑިއަކީ 2026 ޖަނަވަރީ 13 ވާ (އަންގާރަ) ދުވަހުގެ 12:00 ކަމުގައި ދަންނަވަމެވެ. މިއިއުލާނާއިއެކު ބައިވެރިންގެ ޝަރުތުތަކާއި މުބާރާތް އެކުލެވިގެންވާގޮތް އެޓޭޗްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.
