ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކޮމިޝަނުގެ އޮފީސް އިމާރާތްތައް 02 (ދެއެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުމާއި ސައިޓް ވިޒިޓް އޮންނާނީ 2026 ޖަނަވަރީ 13 ވާ އަންގާރަ ދުވަހުގެ 09:00ގައި މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ 09:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓު މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ޕްރީބިޑް މީޓިންގައި ފޯރުކޮށްދޭ މަޢުލޫމާތާއި މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.
17 ރަޖަބު 1447
06 ޖަނަވަރީ 2026
