ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރައްޖެ
FAM/IUL/2026/003
ޢާންމު އެންގުން
ފުޓްބޯޅަ އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިން ހިމެނޭ ބިމުގައި، އެ އިމާރާތް ހިމެނޭ ބިން ފިޔަވައި އިތުރު ބިން އެކިކަންކަމަށް ދޫކޮށްފައިވާކަމުގެ ލިޔުން، މި އެސޯސިއޭޝަނުން 10 އޮގަސްޓް 2025 ވަނަ ދުވަހުކުރި އިޢުލާން ނަންބަރު (FAM/IUL/2025/027) އާއިގުޅިގެން ލިބިފައިވެއެވެ.
01 ޖެނުއަރީ 2017 ވަނަ ދުވަހު، ފުޓްބޯޅަ އެސޯސިއޭޝަނަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބިން 50 އަހަރަށް ދޫކޮށްފައިވާ މަޤްސަދާއި ޚިލާފަށް، މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނިންމުމެއްނެތި، އެކިފަރާތްތަކަށް ގުދަން ހެދުމަށާއި އެކި ކަންކަންކަމަށް ބިން ދޫކޮށްފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރުމަށް މިއެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިންގއާއި އިންވެގެން، ފުޓްބޯޅަ ދަނޑުގެ ބޮޑު ދެ ދަނޑުހެދުމަށް މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުން ނިންމާފައިވެއެވެ.
ވުމާއެކު، މި އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ ކުރެހުމުގައިވާ ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ / ކުންފުންޏެއްގެ މުދަލެއް، އުޅަނދެއް ފަދަ އެއްވެސް އެއްޗެއްވާނަމަ 14 (ސާދަ) ދުވަސްތެރޭގައި އެއެއްޗެއް ނެގުމަށް އަންގާ އިޢުލާން ކުރަމެވެ.
