އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ރޫމްގެ 4 އެޕާރޓްމަންޓެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

1 ރޫމްގެ 4 އެޕާޓްމަންޓް ހެދުމާއި ގުޅޭ

 

       ކުރީގެ އިޖްތިމާއީ މަރުކަޒް ހުރި އިމާރާތް 1 ރޫމްގެ 4 އެޕާޓްމަންޓް އަށް ބަދަލުކުރަން ބޭނުންވާތީ އެމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އދ ދިގުރަށު ކައިންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

އދ ދިގުރަށު ކައުންސިލް އިދާރާ

އާދީއްތަ

11/01/2026

13:00

ބިޑް ހުށަހެޅުން

އދ ދިގުރަށު ކައުންސިލް އިދާރާ

ބުރާސްފަތި

15/01/2026

13:00

 

ނޯޓް: ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގައި ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑްރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100ރ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

           ވީމާ، މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާނުކުރީމެވެ.

          17 ރަޖަބު 1447

          06 ޖެނުއަރީ 2026

 

06 ޖަނަވަރީ 2026
ހޯދާ