މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ކުނިކޮށި) ހިންގާ ބެލެހެއްޓުން

1- ރ.އިނގުރައިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ކުނިކޮށި) ގެ ޚިދުމަތް ދިނުމާއި ބަލަހައްޓާނެ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލެމެވެ. މިމަސައްކަތުގެ ތެރޭގައި ހިމެނެނީ ރަށުގެ އެކި ސަރަޙައްދުތަކުން ކުނި އެއްކުރުމާއި، އެއްކުރެވޭ ކުނި ބާވަތްތަކަށް ވަކިކުރުމާއި، ރިސައިކަލް ކުރުމާއި، ނައްތާލަންޖެހޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމެވެ. މީގެ އިތުރުން، ކުނި މެނޭޖުކުރުމަށް ބޭނުންކުރާ މެޝިނަރީތައް ބެލެހެއްޓުމާއި، ރަށުގެ ރައްޔިތުންނަށް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

2- ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 12 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ.

    * ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700403001  / 1350 REVENUE 1

3- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

4- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 14 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

            އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

         ފޯނު ނަންބަރު: 6580028

         އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

06 ޖަނަވަރީ 2026
ހޯދާ