ދިވެހިރާއްޖެ
އިޢުލާން މި އެޖެންސީގެ ދަށުން ކ. ހިންމަފުށިގައި ހިންގަމުން އަންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ޑީ.ޓީ.އާރ.ސީ)ގައި ހިންގި "ހޭހަންކޮށާރު" ފިހާރަ ހިންގިއިރުގައި އެ ސެންޓަރުން ފަރުވާ ހޯދަމުންދިޔަ ކްލައިންޓުން، ވިޔަފާރި ކުރުމަށްޓަކައި ކްލައިންޓުންގެ ބެލެނިވެރިން އެ ކްލައިންޓުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ބައެއް ކްލައިންޓުންގެ އެކައުންޓްތަކުގައި (ޚަރަދު ނުކޮށް) ބާކީ ފައިސާ މި އޭޖެންސީގައި އެބަހުއްޓެވެ. އެހެންނަމަވެސް އޭރު ޢަމަލުކުރަމުން އައި އުސޫލުގެ ދަށުން ކްލައިންޓުން ބާކީ ފައިސާ ހޯދަން މި އެޖެންސީއަށް ހުށަހަޅާފައި ނުވާކަން ފާހަގަ ކުރަމެވެ. މި ދެންނެވި އެކައުންޓްތަކުގައި ހުރި ފައިސާތައް މި އެޖެންސީގައި ދިގު މުއްދަތެއްގައި ބެހެއްޓިފައި ވާތީ މި ފައިސާ، ވީހާވެސް އަވަހަކަށް، އޭގެ ވެރި ފަރާތްތަކާ ހަވާލުކޮށް ޚަލާޞްކުރުމަށް މި އެޖެންސީއިން ބޭނުން ވެއެވެ. ވީމާ، މި ފައިސާގެ ވެރިފަރާތްތަކުން ކްލައިންޓުންގެ އެކައުންޓް ފޮތް އަދި ފައިސާގެ ތަފުސީލު އެނގޭނެ އެހެނިހެން ލިޔެކިޔުންތަކާއެކު، 20 ޑިސެންބަރު 2015ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މި އެޖެންސީއަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް ހުށަ ނާޅާ ފަރާތްތަކުގެ ފައިސާ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ދައުލަތުގެ ޢާމްދަނީ އެކައުންޓަށް ޖަމާކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މި މުއްދަތުގެތެރޭގައި ފައިސާ ހޯދުމަށް ހުށަނާޅާ ފަރާތްތަކުގެ ފައިސާއަށް މި އެޖެންސީއިން ޒިންމާ ނުނަގާނެވާހަކަ ދަންނަވަމެވެ. 7 ޞަފަރު 1437 |