ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ޕާލިމެންޓްރީ އެޑިއުކޭޝަން އޮފިސަރ

          ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ސީނިއަރ ޕާލިމެންޓްރީ އެޑިއުކޭޝަން އޮފިސަރ

ރޭންކް:

 MS1/B

ސެކްޝަން/ޑިޕާޓްމަންޓް

 ޕާލިމެންޓްރީ އެޑިއުކޭޝަން

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

 

 

 

 

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން (ޕޮލިޓިކަލް ސައިންސްގެ ދާއިރާއަކުން ނުވަތަ އެޑިޔުކޭޝަންގެ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 މަޤާމާ ގުޅޭ ދާއިރާތައް:

  • އެޑިޔުކޭޝަން
  • ޕޮލިޓިކަލް ސައިންސް

މަޤާމުގެ މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން ހިންގޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސެކްޝަންގެ އަހަރީ ޕްލޭނާ އެއްގޮތަށް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނަ ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން.
  • ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގުމަށްޓަކައި ގާނޫނުހަދާ މަޖިލިސްތަކާއި ސިވިކް އެޑިޔުކޭޝަންއާ ގުޅޭ ކަންތައްތަކާއި ބެހޭ އެންމެ ފަހުގެ ޢިލްމާއި މަޢުލޫމާތުތައް ހޯދައި އެއްކުރުން.
  • ރައްޔިތުންގެ މަޖިލީހާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގޭ ޙަރަކާތްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  • ޕާލިމެންޓްރީ އެޑިޔުކޭޝަން ސެމިނަރ، ވޯކްޝޮޕް، މަސައްކަތު ބައްދަލުވުންތަކާއި މާދިރީތައް ހިންގުމުގައި ބައިވެރިވުން.     
  • ސްކޫލުތަކުގެ ދަރިވަރުންނާއި، ޒުވާނުންނާއި އަންހެނުން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ޙަރަކާތްތަކުގައި މަޢުލޫމާތު ދިނުން.
  • ސެކްޝަންގެ ވެބް ޕޭޖް، ދިވެހިބަހުންނާއި އިނގިރޭސިބަހުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަނާއި ހަވާލުވެ ހުންނަ ވެރިއެއްގެ އިރުޝާދާ އެއްގޮތަށް ސެކްޝަންގެ އަހަރީ ބަޖެޓާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.

މުސާރަ:

- މަހަކު 9,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި 4,400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުޞޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

 19 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

 ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ

 

ނޯޓް: މިމަޤާމުގެ މަސައްކަތު ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ ތަޢުލީމީ ދާއިރާއިން ނުވަތަ ސިވިކް އެޑިޔުކޭޝަންގެ ދާއިރާއިން ލިބިފައިވާ ޢަމަލީ ތަޖުރިބާއަށެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި އިދާރާއިން ދޭ ޓެސްޓަކަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

06 ޖަނަވަރީ 2026
ހޯދާ