ދިވެހިރާއްޖެ
ގދ. ނަޑެއްލާ މަސްޖިދުލް ޙަޟާރާގައި 1447 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡަކު ބޭނުންވެއެވެ.
މި ފަރާތުގެ ހުރުމާއި ކެއުން އަދި ނަޑެއްލާއަށް އައުމާއި އެނބުރި ދިއުމުގެ ދަތުރު ޙަރަދު ކައުންސިލުން ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއެކު 12 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށައަޅަން ބޭނުންވާ ފަރާތްތަކުން ފޯމާއެކު ލިޔުންތަށް އީމެއިލް ކުރާނީ [email protected] އަށެވެ.
- ފޯމް ލިންކް: https://tinyurl.com/hfz1447
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.
