ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެޑްވޮކަސީ އޮފިސަރ (ކޮންޓްރެކްޓް)

މަގާމު:

އެޑްވޮކަސީ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ ބޭނުން:

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އދ. ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން، ކުޑަކުދިން، ދަރިވަރުން، ބެލެނިވެރިން، މި ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކުގެ މުވައްޒަފުންނާއި ޖަމިއްޔާ ޖަމާއަތްތައް، އަދި އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް – ވަޒީފާއަށް ނިކުންނަ ތާރީޚުން ފެށިގެން 3 މޭ 2026ގެ ނިޔަލަށް

މަޤާމުގެ ރޭންކް:

MS1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް

ވަޒީފާ އަދާ

ކުރަންޖެހޭ ގަޑި:

08:30 ން 14:30އަށް

މުސާރަ:

-/9،483ރ

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3،500ރ

ލިވިންގ އެލަވަންސް -/3،000ރ

ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

އެޑްވޮކަސީ އެންޑް އެވެއަރނަސް

މަޤާމުގެ ޝަރުތު: 

 

1. ސޯޝަލް ސައިންސްގެ ދާއިރާތަކުގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވާރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ރިޝާޗް، ޕޮލިސީ ސްޓަޑީސް، ޑިވެލޮޕްމަންޓް ސްޓަޑީސް، އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލްކޮށްފައިވުން. ނުވަތަ،

2.  ސޯޝަލް ސައިންސްގެ ދާއިރާތަކުގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވާރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ރިޝާޗް، ޕޮލިސީ ސްޓަޑީސް، ޑިވެލޮޕްމަންޓް ސްޓަޑީސް، އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ލެވްލް 5) ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  2. ސިއްރު ހިފެހެއްޓުން.
  3. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  4. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
  5. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
  6. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
  7. މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  8. ގްރެފިކް ޑިސައިންކުރުމުގެ މަސައްކަތް ކުރަން އެނގުން.
  9. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް ބޭނުންކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި، އަދ.ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން، ކުޑަކުދިން، ދަރިވަރުން، ބެލެނިވެރިން، މި ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކުގެ މުވައްޒަފުންނާއި ޖަމިއްޔާ ޖަމާއަތްތައް، އަދި އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ކެމްޕެއިންތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ފަރުމާކޮށް، ރާވައި ހިންގުން.
  2. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކުގައި މި އޮފީހުގެ ބައިވެރިވުން ހިމެނޭނެ ގޮތްތައް ދެނެގަނެ، އެ ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުން އަދި އެފަރާތްތަކާ އޮންނަ ގުޅުން ބަދަހިކުރުން.
  3. މި އޮފީހުން އިންތިޒާމުކުރާ އެކިއެކި މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ސެޝަންތައް ނަގައިދިނުމާ އަދި ގުޅުންހުރި އިދާރާތަކުން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމުތަކުގައި މި އޮފީހުގެ ފަރާތުން ސެޝަންތައް ނަގައިދިނުން.
  4. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާގުޅޭގޮތުން ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ސުޕަވައިޒަރުގެ އިރުޝާދާއެކު ހަރަކާތްތައް ފަރުމާކޮށް، ރާވައި ހިންގުން.
  5. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ "އެޑްވޮކަސީ މެޓީރިއަލް"ތައް ތައްޔާރުކުރުން.
  6. އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑީއާ ޕްރޮގްރާމުތަކުގައި ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދިނުން. އަދި، އޮފީހާއި މީޑިއާއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކޮށް،  އޮފީހާ މީޑިއާތަކާ އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. އޮފީހުގެ މަސައްކަތްތަކާއި އިވެންޓުތަކާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު، ނޫސް ބަޔާން ފަދަ ލިޔެކިޔުންތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ލިޔެ ތައްޔާރުކޮށް ޝާއިއުކުރުމުގެ މަސައްކަތްތައްކުރުން.
  8. އޮފީހުގެ ފަރާތުން ހާމަކުރަން ޖެހޭ މަޢުލޫމާތާއި ތަފާސްހިސާބުތައް ގަވާއިދުން ހާމަކުރުމުގެ މަސައްކަތް، ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  9. އޮފީހުގެ ސޯޝަލް މީޑިއާ އެކަންޓުތައް ބެލެހެއްޓުން. އަދި، އޮފީހުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކަންޓުތައް ގަވާއިދުން އަދާހަމަކުރަމުން ގެންދިއުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  10. އޮފީހުގެ އެހެން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކުގައި ބައިވެރިވާންޖެހިއްޖެ ހާލަތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ޑިޕާޓްމަންޓުގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަންދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާ ތަމްރީން (%30)
  2. މަސައްކަތުގެ ތަޖުރިބާ (%20)
  3. އިންޓަވިއު/ ޕްރެޒެންޓޭޝަން/ އިމްތިހާނު (%50)

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ %40 އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ %65 އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 15 ޖަނަވަރީ 2026ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ސީ.ވީ.
  • ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
  • ތަޖުރިބާއާގުޅޭ ލިޔުންތައް

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
05 ޖަނަވަރީ 2026
ހޯދާ