މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ނ. މަނަދޫގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުންގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާބެހޭ؛

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ނ. މަނަދޫގެ ދެ މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޡުންގެ ހުރުމާއި ކެއުން އަދި އެހެނިހެން ބައެއް އިންތިޒާމުތައް ހަމަޖައްސަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

12 ޖަނަވަރީ 2026

ހޯމަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

ބިޑް ހުށަހެޅުން

19 ޖަނަވަރީ 2026

ހޯމަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

 

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

05 ޖަނަވަރީ 2025

05 ޖަނަވަރީ 2026
ހޯދާ