ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ހއ.ވަށަފަރު / ދިވެހިރާއްޖެ
ނަންބަރު: (IUL)250/250/2026/01
އިޢުލާން
ބަންގި މުބާރާތުގައި ބައިވެރިވުމާ ގުޅޭ
އިސްމީކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ބަންގި މުބާރާތް "ނޫރުލް އަޛާން 1447" މިއަހަރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެވޭނީ 15 އަހަރާއި 20އަހަރާ ދެމެދުގެ އުމުރުފުރާގެ ފިރިހެން ބައިވެރިންނަށެވެ. މި މުބާރާތް ރޭވިފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާގޮތަށް 1 ބައިވެރިއަކު، ޖުމްލަ 19 އަތޮޅުން 19ބައިވެރިންނާއެކު ކުރިޔަށް ގެންދާ ގޮތަށެވެ. އަދި މި މުބާރާތުގައި މިރަށުން ބައިވެރިވެލައްވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އޮޑިޝަން 2026 ޖަނަވަރީ 14ވާ ބުދަ ދުވަހުގެ 10:00ގައި މި ކައުންސިލް މީޓިންގ ރޫމްގައި އޮންނާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖަނަވަރީ 12 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ ފާޠިމަތު ނައުފާގެ ނަންބަރ 7851925 އާ ގުޅުއްވާ ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި ބައިވެރިންގެ ޝަރުތުތަކާއި މުބާރާތް އެކުލެވިގެންވާ ގޮތް ވަށަފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
