ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު – އައި.ސީ.ޓީ އޮފިސަރ

ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ގައިޑްލައިންތަކާއި ސްޓޭންޑަރޑްތައް ތައްޔާރުކޮށް، ނޭޝަނަލް އައި.ޓީ ސްޓްރެޓެޖީ އެކުލަވާލުމަކީ މި އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަންތަކެވެ. މިމެންޑޭޓުގެ ދަށުން ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އައި.ޓީ ދާއިރާގެ ފަންނީ މުވައްޒަފުން، ސޮފްޓްވެއަރ އަދި ހާޑްވެއަރ ރިކުއަޔަރމަންޓްސްގެ ނީޑް އެނަލިސިސްއެއް ހެދުމުގެ ސަރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 6 މަސްދުވަހުގެ މުއްދަތަށް ނޭޝަނަލް އައި.ސީ.ޓީ ސާރވޭގެ ނަމުގައި ކުރިއަށްގެންދާ ސާރވޭގައި މަސައްކަތްކުރާނެ އައި.ސީ.ޓީ އޮފިސަރުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

10 (ދިހައެއް)

މަސައްކަތުގެ މުއްދަތު:

06 (ހައެއް) މަސް

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން މެންދުރުފަހުގެ 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

ހާޒިރުވާ ކޮންމެދުވަހަކަށް -/200 ރ. އަދި އިތުރުގަޑީގެ މަސައްކަތްކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ.

ފެންވަރު/ޝަރުތު

  1. ޖީ.ސީ.އީ .އޯލެވެލް ހަދާފައިވުން
  2. ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއެކު ހާޑްވެއަރ މަސައްކަތްކުރާގޮތް އެނގުން

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގައި ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.

މައިގަނޑު މަސައްކަތްތައް

  1. ސަރުކާރުގެ އިދާރަތަކަށް ގޮސް ސާރވޭކުރުން
  2. ސަރވޭއާ ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  3. ސަރވޭގެ ޑޭޓާތައް އެނަލައިޒްކޮށް ނަތީޖާ ތައްޔާރުކުރުމަށް އެހީތެރިވެދިނުން 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން3 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected]) ނުވަތަ ([email protected])   ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ ([email protected]) ނުވަތަ ([email protected]) އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: ([email protected]) / ([email protected])  

ވެބްސައިޓް: www.ncit.gov.mv

11 ޞަފަރު 1437

23 ނޮވެންބަރު 2015
ހޯދާ