ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޗީފް އެގްޒެކެޓިވް އޮފިސަރ

 

މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: (ޕެކޭޖް) -/35،000

ސަރވިސް އެލަވަންސް: -/2,000ރ

މަޤާމުގެ ޝަރުތުތައް:

ތަޢުލީމީ ފެންވަރު

  • ގަވަނަންސް ނޫނީ ޕަބްލިކް ސެކްޓަރ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން، ނުވަތަ އެހެން ދާއިރާއަކުން ޑިގްރީއަކާއި މާސްޓާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަސައްކަތުގެ ތަޖުރިބާ

  • ސަރުކާރުގެ އޮފީހެއް ނުވަތަ ކުންފުންޏެއް ނުވަތަ އޮފީހެއްގެ ސެކްޝަނެއް ހިންގުމުގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
  • އަތޮޅުތައް ހިންގުމުގެ ދާއިރާގައި ޕޮލިސީ ލެވެލްގައި އަތޮޅެއްގައި ޚިދްމަތްކޮށްފައިވުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  • ގިނަ ބައެއް ގޮވައިގެން މަސައްކަތްކުރުމުގެ ހުނަރާއި ތަޖްރިބާ ލިބިފައިވުން.
  • ރާއްޖޭގެ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ތަރައްޤީގެ ޙާލަތަށް ލޯހުޅުވި، މިކަމުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވުން.
  • ތަރައްޤީގެ ޕްލޭންތަކާއި ތަރައްގީގެ މަޝްރޫޢުތައް އެކުލަވާލުމުގެ ހުނަރާއި ތަޖްރިބާ ލިބިފައިވުން.
  • އދ. ގެ ޖަމިއްޔާތަކާއި، ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި މުޢާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ސެމިނަރ ތަކާއި މަސައްކަތު ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައިވުމުގެ ތަޖްރިބާ ލިބިފައިވުން. ނޫނީ މިފަދަ ސެމިނަރތަކާއި މަސައްކަތު ބައްދަލުވުންތަކުގައި އޮފީސް ތަމްޘީލުކުރެވޭފަދަ ފަންނީ އަދި އިލްމީ ޤާބިލުކަން ލިބިފައިވުމާއެކު ރާއްޖެއާއި ރާއްޖޭން ބޭރަށް މިފަދަ ދަތުރުކުރުމަށް ޞިއްޙީގޮތުންނާއި އެނޫންވެސް ގޮތަކުން އެއްވެސް ހުރަހެއްނެތުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރުމަށް ލާޒިމުކުރާ ކަންތައްތައް އެއޮތޯރިޓީގެ ބޯޑުގެ އިރުޝާދުގެ މަތިން ހިންގުން. މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް އޮތޯރިޓީގެ އިދާރީ އަދި ފަންނީ މަސައްކަތް އިސްވެ ހިންގައި ބެލެހެއްޓުން. މީގެ އިތުރުން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން. އަދި މި ދެންނެވުނު ޒިންމާތައް އުފުލުމަށް ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.  

އުޖޫރައާއި ޢިނާޔަތްތައް:

ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/5,000 (ފަސްހާސް) ރުފިޔާ ލިބޭނެއެވެ. 

 

މަތީގައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމުތަކަށް މީހުން ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެޓޯލް ޕޯސްޓް ބިލްޑިން، ފުރަތަމަ ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު: 3013116 އަދި 3006724 ން ސާފުވާނެއެވެ.
23 ނޮވެންބަރު 2015
ހޯދާ