ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/12,000 ރުފިޔާއާއި -/17,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ހިއުމަން ރިސޯސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ހިއުމަން ރިސޯސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މަސައްކަތާ  ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުގެ ޖެނެރަލް ހިއުމަން ރިސޯސަސް މަސައްކަތްތައް ކުރުން.
  2. އޮފީހުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންގެ އެންމެހާ ކަންތައްތައް ޑައިރެކްޓަރ އޮފް އެޑްމިން އެންޑް އެޗްއާރްގެ އިރުޝާދާ އެއްގޮތަށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ރިކޯޑު ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓުތައް ތަޔާރުކުރުން. އަދި ގަވާއިދުން މުވައްޒަފުންގެ އިންފޮމޭޝަން އަޕްޑޭޓްކުރުން.
  4. މުވައްޒަފުންގެ މައްސަލަތައް ބަލައި ޑައިރެކްޓަރ އޮފް އެޑްމިން އެންޑް އެޗްއާރްގެ އިރުޝާދާ އެއްގޮތުގެ މަތިން  ޙައްލުކުރުން.
  5. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީގެ އެންމެހާ ރިކޯޑުތަކާބެހޭ ކަންކަން ކުރުމާއި، ހާޒިރީއާބެހޭ މައުލޫމާތު ދިނުން.
  6. މުވައްޒަފުންގެ ޕޭރޯލް ބެލެހެއްޓުން
  7. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރޭވުމާއި ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ހިއުމަން ރިސޯސް ޕޮލިސީ ހިނގާގޮތް ބެލުމާއި، ސްޕަވައިޒަރުންނަށް ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ދިނުމާއި،  އެކަންކަން ބެލެހެއްޓުން.
  9. ކޯޕަރޭޝަންގެ މުވައްޒަފުންގެ މަޢުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި، އެ މަޢުލޫމާތުތައް ބެލެހެއްޓުން.
  10. މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި ބެލެހެއްޓުން.
  11. އޮފީހުގެ އެންމެހައި ހިއުމަން ރިސޯސް މަސައްކަތްތަކާއި، މުވައްޒަފުންނާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  12. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ އެންމެ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  13. މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018443 / 7584070 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ކޯޕަރޭޝަނުން އިންޓަރވިއު އާއި އިމްތިޙާން ކުރުމަށް ގުޅާލާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
  • ސުންގަޑި: 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.     
  • އިންޓަރވިއު އާއި އިމްތިޙާންކުރުން 30 ނޮވެންބަރު 2015 އާއި 03 ޑިސެންބަރު 2015 އާ ދޭތެރޭގައި މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

11 ޞަފަރު 1437  

23 ނޮވެންބަރު 2015
ހޯދާ