މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގެ އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އައި. ސީ. ޓީ ސިސްޓަމްސް ޓެކްނީޝަން

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އައި. ޓީ އެންޑް އެނަރޖީ މެނޭޖްމަންޓް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި އަދި ހިސާބުން 'ސީ' ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.
  • އެސް.އެސް.ސީ ދިވެހިން 'ސީ' ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.
  • އުުމުރު: 18-40 އަހަރާ ދެމެދު.
  • އިނގިރޭސިން އަދި ދިވެހިން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ޝިފްޓް ޑީއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

* ނޯޓް: އައި. ޓީ ދާއިރާއިން ސެޓުފިކެޓު ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި އައި. ޓީ. ދާއިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރައާއި އިނާޔަތްތައް: މަހަކު -/10،000 ރުފިޔާއާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޓެކްނިކަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން. ރިމޯޓުން ކަނެކްޓް ކޮށްގެންނާއި ސައިޓަށް ގޮސްގެން ކުރިމަތިވާ އެންމެހައި ހާޑްވެއަރ އަދި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކުރުން.

- އެމް. އޭ. ސީ. އެލް އަށް ނިސްބަތްވާ ޑެެސްކްޓޮޕް، ޕްރިންޓަރ، ގޭޓް ރީޑަރ، ކިއޮސްކް އަދި އެހެނިހެން މިފަދަ އައި. ޓީ އިކުއިޕްމަންޓަށް ބެލެހެއްޓުން.

- މުހިންމު ސިސްޓަމެއް ފެއިލްވެއްޖެ ނުވަތަ މެލްފަންކްޝަންވެއްޖެ ހިނދެއްގައި އެ މައްސަލައެއް ޙައްލުކުރަން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ އެގޮތަށް މަސައްކަތްކުރުން.

މަޤާމު: އެސިސްޓެންޓް ޕެސެންޖަރ ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 06

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕެސެންޖަރ ސަރވިސަސް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި ހިމަނައިގެން 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.
  • އެސް.އެސް.ސީ ދިވެހިން 'ސީ' ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.
  • އުުމުރު: 18-25 އަހަރާ ދެމެދު.
  • އިނގިރޭސިން އަދި ދިވެހިން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ބޭސިކް ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.( މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް)
  • ޝިފްޓް ޑީއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/10،000 ރުފިޔާއާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕަސެންޖަރުން ޗެކް-އިން ކުރުމުގެ އެންމެހާ ކަންތައްތައް ކޮމްޕިއުޓަރ ޕްރޮގްރާމުން ފުރިހަމަކުރުމާއި، ސީޓުނަންބަރު ދިނުމާއި، ބޯޑިންގފާސް ދިނުމާއި، ލަގޭޖް ލޭބަލް ދިނުމާއިި، މަތިންދާބޯޓުން ގޭޓަށް، އަދި ގޭޓުން މަތިންދާބޯޓަށް ޕަސެންޖަރުން އެސްކޯޓްކުރުން.

- ކަނޑައެޅިފައިވާ ވަގުތުގައި ޓްރާންސިޝަންތައް ބެލެހެއްޓުން (އެގޮތުން ޑިލޭ ނުވަތަ ކެންސަލްވާ ފްލައިޓްތަކާއި އަދި ހަލާކުވާ ނުވަތަ ގެއްލޭ ލަގޭޖްތަކާ ގުޅިގެން ކުރިމަތިވާ ކަންތައްތައް ހައްލުކުރުން)

- ކަސްޓަމަރުންނާއި މުޢާމަލާތްކޮށް، ސުވާލުތަކަށް ޖަވާބުދާރީވެ، ޕަސެންޖަރަކު ޚާއްޞަ ރިކުއެސްޓަކަށް އެދެފި ހިނދެއްގައި އެކަމެއް ކޮށްދެވޭނޭ މަގުފަހިކޮށްދިނުން.

- އަބަދުވެސް ހިނިތުންވުމާއެކު، ޕްރޮފެޝަނަލް ގޮތެއްގައި ޕަސެންޖަރުން ނުވަތަ ކަސްޓަމަރުންގެ ޝަކުވާތަކަށް ޖަވާބުދާރީވުން.

- މަސައްކަތާ ގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔުންތައް އަދި ފޯމުތައް ފުރިހަމަކުރުމާއި އެންޓަރކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

-  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

-  3 މަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް

ކުރިމަތިލުމުގެ ސުންގަޑި: 01 ޑިސެންބަރު 2015 ވަނަ ދުވަހުގެ 16:00.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: 

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

6 ޞަފަރު 1437

18 ނޮވެންބަރު 2015
ހޯދާ