މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް މެނޭޖަރ ހޯދުމާބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އާއި ދިވެހިސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް މެނޭޖަރ ހޯދުމާބެހޭ

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އާއި ދިވެހިސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް މެނޭޖަރެއް ހޯދަން ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ދަށުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތައް ރާވައި ހިންގުމާއި، ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާއި، މަސައްކަތްތައް މޮނިޓަރ ކުރުމާއި، ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލައި، މަޝްރޫޢާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްރޮގްރެސް ރިޕޯޓް އަދި ފައިނޭންޝިއަލް ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން ހިމެނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • 02 ރިފަރެންސް ލެޓަރ

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް މުސާރައިގެ ގޮތުގައި -/25،000 ރުފިޔާއާއި -/30،000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ކަނޑައެޅިފައެވެ.

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއިކުރެވޭނީ (18) މަސްދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާޓްމަންޓަށް ބޭނުންވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.  

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018300 ފެކްސް ނަންބަރު: 3018301

އީމެއިލް:  [email protected]

ވެބް ސައިޓް: http://www.environment.gov.mv

މާލެ، ދިވެހިރާއްޖެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 06 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018300 ފެކްސް ނަންބަރު: 3018301

އީމެއިލް:  [email protected]

ވެބް ސައިޓް: http://www.environment.gov.mv

މާލެ، ދިވެހިރާއްޖެ

23 ނޮވެންބަރު 2015
ހޯދާ