ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2026/01
އިޢުލާން
ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޯތޯ އިލެކްޓިވް ސާޖަރީތަކަށް ބޭނުންވާ އިމްޕްލާންޓްސް އަދި ކޮންޒިއުމަބްލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު ASMH-Procure/ASMH/2025/122 ގެ އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.
ޙަވާލާ ދެވިފައިވާ އިޢުލާނާއި ގުޅިގެން ބިޑުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ފަރާތްތަކުން ބިޑު ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމާއި ގުޅިގެން، ހުށަހެޅިފައިވާ ކަންތައްތަކަށް ބެލުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން ބިޑުހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚަށް ބަދަލު ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.
އިއުލާން ނަންބަރ: IUL)ASMH-Procure/ASMH/2025/122)
އަންދާސީ ހިސާބް ހުށަހަޅަން ޖެހޭ ތާރީޚް: 13 ޖަނަވަރީ 2026 10:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
