ދިވެހިރާއްޖެ
ސުނާމީއާ ގުޅިގެން މ. މުލަކުގެ ރައްޔަތުންނަށް ސަރުކާރުން ހަދިޔާކުރައްވާފައިވާ 02 ޗިލް ކޮންޓޭނަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންޓައިނަރގެ މަޢުލޫމާތު:
- ކޮންޓެއިނަރގެ ބޮޑުމިން: ދިގު 20 ފޫޓު، ފުޅާ 8 ފޫޓު، އުސް 10 ފޫޓު.
- ކެޕޭސިޓީ: 7- 10 ޓަން.
- ފިނި ހޫނުމިން: 25 އިން 30 ޑިގްރީ ސެންޓިގްރޭޑް.
- ކަރަންޓު ބޭނުންވާ މިންވަރު: 7.5 KVA ފ(3 ފޭސް)
- ކުރެވޭ ބޭނުން: އައިސް އަދި އައިސް މަސް ތާޒާކަންމަތީ ބެހެއްޓުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެންބަރު 2015 ވަނަ ދުވަހުން ފެށިގެން އަގު ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ކޮންޓެއިނަރއެއް -/25,000 (ފަންސަވީސްހާސް) ރުފިޔާއިންނެވެ. ކޮންޓެއިނަރއަކަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/1,000 (އެއްހާސް) ރުފިޔާއެވެ. ރަށުން ބޭރު ފަރާތްތަކުން ސިޓީފޮނުއްވާނަމަ މިއިދާރާގެ މެއިލް އެޑްރެސް ކަމުގައިވާ [email protected] އަށް މެއިލްކުރުމުންވެސް ސިޓީ ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6720601 ނަންބަރު ފޯނާ ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ހާޒިރުވުމުން މަޢުލޫމާތު ސާފުވެލައްވާނެވާހަކަ ދެންނެވީމެވެ. އަދި ހުށަހެޅޭ އަގުތައް މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވިފައި ހުންނާނެއެވެ. ޖެހިޖެހިގެން ރަސްމީ ބަންދުނޫން 3 ދުވަހު އެއް އަގެއް ހުށަހެޅިފައި އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
04 ޞަފަރު 1437