އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނީލަން ކިޔުން

މި ހޮސްޕިޓަލުގެ ނަންބަރ  (IUL)AAAH-A-HK/AAAH/2025/41އިއުލާނު ބާޠިލްކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.

             މި ހޮސްޕިޓަލްގައި ހުރި ބައުތަކެތި ނީލަންކިއުން، 10 ޖަނަވަރީ  2026 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި މި ހޮސްޕިޓަލްގެ ގޯތިތެރޭގައި އޮންނާނެ އެވެ. ނީލަން ކުރިއަށް ދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.

             ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 10 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 16:00  އަށް މި ހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.  

ނީލަން ކިއުމުގެ އުޞޫލު:

 

v     ނީލަންކިޔާތަކެތި ބައިބަޔަށް ( ލޮޓް ) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ލޮޓްގައި ހުންނާނެއެވެ.

v     ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ.

v     ނީލަމުގައި ހުށައަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި ބައިވެރިޔަކު އަގެއް ހުށަޅައި އެ އަގަށްވުރެ މަތީ އަގެއް ހުށައެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވާ އެހެން ފަރާތުން ހުށަނާޅައިފިނަމަ އެ އަގު ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމޭނެއެވެ.

v     ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބު ކުރި ފަރާތަށް " ނީލަން ކާމިޔާބު ކުރިކަން އަންގާ ލިޔުން " ޙަވާލުކުރެވޭނެއެވެ.

v     ނީލަން ކާމިޔާބު ކުރިފަރާތުން ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ 10 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 18:00  ގެ ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށް ފަހުގައެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސް ކުރުމަށް ފަހުގައެވެ.

v     ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާދައްކައި ޚަލާސް ނުކޮއްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.

04 ޖަނަވަރީ 2026
ހޯދާ