ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެދަށުގައިވާ ތެޔޮ ޓޭންކްތައް ނީލަމުގައި ވިއްކުން
މި އިދާރާގެ ބެލުމުގެ ދަށުގައިވާ ތެޔޮ ޓޭންކްތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް އިޢުލާނު ކުރަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ނީލަމަށް ކަނޑައަޅައިފައިވާ ފޮއްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި ނީލަން ނަންބަރާއި، "ތެޔޮ ޓޭންކްތައް ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ.
ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު، މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި، މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އޮފީހުގެ ނޯޓިސްބޯޑްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 3 (ތިނެއް) ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 15 ( ފަނަރަ ) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް، ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަން ބާޠިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތަކަށް، މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެއެވެ.
މިތަކެއްޗަކީ ބޭނުންނުކޮށް ގިނަދުވަސްވެފައިވާ ތަކެތިކަމަށްވެފައި މަރާމާތުކުރަންޖެހޭ ތަކެތިކަމަށްވާތީ، ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ތަކެތި ބަލާލުމުގެ އިންތިޒާމް 2026 ޖެނުއަރީ 04 ވާ އާދީއްތަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅާ ފޯމު 2026 ޖެނުއަރީ 04 ވާ އާދީއްތަ ދުވަހުން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
