މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި 2 ޕިކަޕު ވިއްކާލަން ބޭނުންވެއްޖެ

ށ.ފުނަދޫ ކައުންސިލުގައި ބޭނުންކޮށްފައިވާ  2 ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 196 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާތި -/5000ރ އަށް ވުރެ ކުޑަނޫން އަގެއްގައި ވިއްކާލަން އާންމުކޮށް ހުޅުވާލަމެވެ.

            މިނީލަމުގައި ފަހަރަކު އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު މަދުވެގެން -/500ރ (ފަސް ސަތޭކަ ރުފިޔާ) އެވެ. ވީމާ، މިނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، ޕިކަޕު ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ 12:00 ން ފެށިގެންނެވެ. އަގު ހުށަހަޅާ ފޯމް ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް އިން ހުށައެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ .މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި މިއޮފީހުގެ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

            މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު، އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ޕިކަޕު ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ. 

04 ޖަނަވަރީ 2026
ހޯދާ