ދިވެހިރާއްޖެ
16 ނޮވެންބަރު 2015 ގައި އިޢުލާންކޮށްފައިވާ MNU-CA-RG/2015/508 ނަންބަރު އިޢުލާން ބާޠިލުކޮށް، އެއިޢުލާނުގައިވާ ކޯހަށް އިޢުލާންކުރަމެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 1 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ 2016 ގައެވެ. އަދި މިކޯހަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަންއާމެދު ޔުނިވަރސިޓީން ނިންމާ ގޮތް އަންގާނީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ފަހުކޮޅެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި އިސްކަންދޭނީ ޝަރުޠު ހަމަވާ ފަރާތްތައް ކޯހަށް އެދި ފޯމު ހުށަހަޅާ ތަރުތީބަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.)
މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)
ޖާގަ: 35 (ޖުމްލަ)
15 ޖާގަ، (ޝަރުޠު ހ އިން ހޮވޭ ފަރާތްތަކަށް)، 20 ޖާގަ، (ޝަރުޠު ށ،ނ،ރ އާއި ބ އިން ހޮވޭ ފަރާތްތަކަށް)
ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: މާލެ، ހަފުތާ ބަންދު ދުވަސްތަކުގައި ބްލޮކް މޯޑަށް.
ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:
ހ- އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
ށ- ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް. ލެވެލް 8 ގެ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ
ނ- އުމުރުން 25 އަހަރުވެފައިވުމާއެކު، އެމް.އެން.ކިއު.އެފް. ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ވިޔަފާރިއާއި ހިންގުމުގެ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
ރ- އުމުރުން 25 އަހަރުވެފައިވުމާއެކު، އެމް.އެން.ކިއު.އެފް. ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ވިޔަފާރިއާއި ހިންގުމުގެ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
ބ- އުމުރުން 25 އަހަރުވެފައިވުމާއެކު، އެމް.އެން.ކިއު.އެފް. ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ވިޔަފާރިއާއި ހިންގުމުގެ 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
އިނގިރޭސިބަހުގެ ފެންވަރު
ފުރަތަމަ ޑިގްރީ އިނގިރޭސިބަހުން ހާސިލުކޮށްފައިނުވާނަމަ IELTS 6.0 ހޯދާފައިވުން. ނުވަތަ GEO’level/IGCSE އިން ދަށްވެގެން C ގްރޭޑް ލިބިފައިވުން.