ދިވެހިރާއްޖެ
ހުޅުލޭ އެއަރޕޯޓްގައި އެލް.އީ.ޑީ ބެކްލިޓް އެޑްވަޓައިސްމެންޓް ބޯޑު ހަދައިދީ ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވޭ އިއުލާން
ދިވެހިރާއްޖޭގައި އިންވެސްޓްމަންޓަށް ހުރި ފުރުޞަތުތައް ޕްރޮމޯޓް ކުރުމަށްޓަކައި، ހުޅުލޭ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ 4 ތަނެއްގައި އެލް.އީ.ޑީ ބެކްލިޓް އެޑްވަޓައިޒްމަންޓް ބޯޑުތަކެއް ބެހެއްޓުމަށް މި މިނިސްޓްރީން ގަސްތުކުރަމެވެ. ވީމާ، މިފަދަ ބޯޑުތަކެއް ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އެލް.އީ.ޑީ ބޯޑުތަކުގެ ތަފުސީލީ ސްޕެސިފިކޭޝަން، އަންދާސީހިސާބާއެކު ހުށަހަޅުއްވަންޖެހޭ ތަފުސީލުތައް އަދި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތައް އިވެލުއޭޓް ކުރުމަށް ނިންމާފައިވާ ކްރައިޓީރިއާ މި މިނިސްޓްރީގެ ވެބްސައިޓުން www.trade.gov.mv ލިބެން ހުންނާނެއެވެ.
ވީމާ، މި މިނިސްޓްރީގެ ވެބްސައިޓުގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް، މި ބޯޑުތައް އުފައްދާ ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލް، 30 ނޮވެންބަރު 2015 ގެ 13:00 އަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 30 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައި ބޮޑުތަކުރުފާނުމަގުގައި ހުންނަ މި މިނިސްޓްރީގެ އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު، މިނިސްޓްރީގެ ތިރީގައިވާ ނަންބަރުތަކާއި ނުވަތަ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ވެލާނާގެ، 11 ވަނަ ފަންގިފިލާ،
މާލެ، ދިވެހިރާއްޖެ
ފޯން: 3305808
އީމެއިލް: tn@trade.gov.mv