ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އޮފީސް ޖާގަ ބޭނުންވެއްޖެ

އޮފީސް ޖާގަ ބޭނުންވެއްޖެ

އޮފީސް ޖާގަ ބޭނުންވެގެން ކުރެވުނު ނަންބަރު. IUL)457-AIT/1/2015/25)ފ(28 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، މިފަދަ ތަނެއް ކުއްޔަށް ދެއްވާނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވިމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް އެދިލައްވާ ފަރާތްތަކުން، ތަނުގެ ބޮޑުމިނާއި ކުލި ބަޔާންކޮށް 2015 ޑިސެންބަރު 03 ވަނަދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި ބިއުރޯއަށް އެންގެވުން އެދެމެވެ. ސިޓީއާއެކު އޮފީސް ޖާގައިގެ ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.

މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގަމުންދާ އިމާރާތުގައިކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯނު ނަންބަރު. 3349397 އަށް ގުޅުއްވުން އެދެމެވެ.

6 ޞަފަރު 1437

18 ނޮވެންބަރު 2015
ހޯދާ