|
އިޢުލާނު
|
|
މަޤާމު:
|
ޑިރެކްޓަރ، އެންވަޔަރަންމަންޓަލް އެޑަޕްޓޭޝަން އެންޑް ރިސިލިއަންސް
|
|
މަޤާމުގެ ނަންބަރު:
|
J-408709
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 9 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މާލެ
|
|
މުސާރަ:
|
-/16080 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
-/7505 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/205 ރުފިޔާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫޢުތައް ތައްޔާރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސަތުތަކާއި، ސެކްޓޯރަލް ޕްލޭންތައް ބައިނަލްއަޤްވާމީ ފެންވަރާއި އެއްގޮތަށް އެކުލަވާލަން މަސައްކަތްކުރުން.
- ސަރުކާރުގެ އިދާރާތަކާއި، ލޯކަލް ކައުންސިލްތަކާއި، ޕްރައިވެޓް ސެކްޓަރ ފަރާތްތަކާ އަދި އެހެން ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުލައިމެޓް ޗޭންޖް އެޑަޕްޓޭޝަން އަދި މިޓިގޭޝަން ދަށުން ރާއްޖޭގައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމާއި ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ޕްރޮޖެކްޓް ކޮންސެޕްޓްތައް ހަރުދަނާކޮށް، ޕްރީ-ފީސިބިލިޓީ އެސެސްމަންޓްތައް ހެދުމާއި، ޕްރޮޖެކްޓް ޑޮކިއުމެންޓޭޝަން ހަރުދަނާ ކުރުމަށް މަސައްކަތްކުރުން.
- އެޑެޕްޓޭޝަން، މިޓިގޭޝަން އަދި ރެޒިލިއަންސް ޕްރޮގްރާމްތަކަށް އިންވެސްޓް ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ކޮންސެޝަނަލް ލޯން، އިކުއިޓީ، ގެރެންޓީ އަދި އިންޝުއަރެންސް ޕްރޮޑަކްޓްސް ފަދަ ބްލެންޑަޑް ފައިނޭންސް މޮބިލައިޒް ކުރުމަށް ދިވެހިރާއްޖޭގައި އަދި ބައިނަލްއަޤްވާމީ ޕްރައިވެޓް ސެކްޓަރއާއެކު މަސައްކަތްކުރުން.
- ނޭޗަރ ބޭސްޑް ސޮލިއުޝަންސް، ބްލޫ އިކޮނޮމީ އިނީޝިއޭޓިވްސް، އަދި ކޯސްޓަލް ރެސިލިއަންސް ޕްރޮޖެކްޓްތަކަށް ފައިނޭންސިން މޮޑެލްތައް އެކުލަވާލުމާއި، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދީ، އިންވެސްޓަރުންނަށް އެ ޕްރޮޖެކްޓްތަކުގެ ޝައުގުވެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުން.
- މޫސުމަށް އަންނަ ބަދަލުތަކުން ވިލުންތެރިކަން އިތުރުކުރުގެ ގޮތުން ކަނޑުގެ ދިރުންތަކާ ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި ކަނޑުގެ އިގުތިސާދު ތަރއްގީކުރުމާއި، މެރިޓައިމް އިޢާދަކުރަނިވި ހަކަތައާއި ކަނޑުގެ ސަރަޙައްދުން ކާބަން މެނޭޖްކުރުން.
- ދިވެހިރާއްޖޭގެ އެމް.އާރް.ވީ ނިޒާމް ހަރުދަނާކުރުމަށާއި ކްލައިމެޓް ފައިނޭންސް އިންސްޓްރޫމަންޓްސް، ޕްރޮޖެކްޓް ޕްރިޕަރޭޝަން ސްޓޭންޑަޑްސް، އިންވެސްޓަރ ރިކުއަރމަންޓްސް އަދި އެންވަޔަރަމެންޓަލް-ސޯޝަލް ގަވަރނަންސް (އީ.އެސް.ޖީ) އިންޓެގްރޭޝަންގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ސްޓޭކްހޯލްޑަރުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
- މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އިގުތިސާދީ ސިޔާސަތުތައް އެކުލަވާލުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ވިޔަފާރީގެ ފިޔަވަޅުތަކާއި، ކުރިއަރަމުން އަންނަ މާކެޓް ފުރުސަތުތަކާ ގުޅޭ ގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އޮޅުންފިލުވައިދިނުމާއި، މާކެޓް އެނަލިސިސް އަދި ޕޮލިސީތަށް ރޭވުމަށާއި ތަންފީޒުކުރުމަށް އެހީތެރިވެދިނުން.
- ކުލައިމެޓްޗޭންޖް އެޑަޕްޓޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓް ތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި އެކުލަވާލެވިފައިވާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެ، މިޕްރޮގްރާމް ތަކުގެ ފައިދާ ރާއްޖޭއަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކުލައިމެޓްޗޭންޖް އެޑަޕްޓޭޝަން ދާއިރާއިން ބޭނުންވާ އެކިއެކި މަޝްރޫއުތައް ގުޅުންހުރި ދާއިރާތަކުގެ ލަފައާއި މަޝްވަރާގެ އަލީގައި މަޝްރޫއުތައް ތައްޔާރުކުރުމާއި ހިންގުމުގައި ބޭނުންވާ އެހީ ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި ހޭނުމަށް އެކުލަވާލާ ޤައުމީ ޕޮލިސީތަކާ ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި ޕެރޮޖެކްޓް ޕައިޕްލައިންތަކާއި، ގުޅުންހުރި މަޝްރުޢޫތަކުގެ ކޮންސެޕްޓް އައިޑިޔާ އަދި ކޮންސެޕްޓް ނޯޓްތައް ތައްޔާރުކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކާއި މަސައްކަތްތައް ކުރުން.
- ކުލައިމެޓްޗޭންޖް މަޝްރުޢޫތައް ރޭވުމުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ކަމާގުޅޭ ފަރާތްތަކާއިއެކު މަޝްވަރާކުރުމާއި މީހުންބިނާކުރުމުށް ހިންގަންޖެހޭ ޕްރޮގަރާމްތައް ރާވާހިންގުން.
- ޑިޕާޓްމަންޓްގެ ދަށުން ހިންގާ އެންޑީސީ އިމްޕްލިމެންޓޭޝަން ޔުނިޓާއި ކްލައިމެޓް ޗޭންޖް ރިޕޯޓިންގ ޔުނިޓް ގެ މަސައްކަތްތައް ރާވާ ހިންގުމާއި ސުޕަވައިޒް ކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުމާއި، ބޭނުންވާ ފަންނީ އިރުޝާދު ދިނުމާއި އަދި މިކަމަށް ހެދިފައިވާ އެޕްރައިޒަލް ނިޒާމުގައިވާ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި މަޤާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑްވާންސްޑް ކެމިކަލް އެންޑް ޕެޓްރޯލިއަމް އިންޖިނިއަރިންގ
- އެޑްވާންސްޑް ހީޓް އިންޖިނިއަރިންގ
- އެޑްވާންސްޑް ޕަވަރ އިންޖިނިއަރިންގ
- އެއަރ ޕޮލިއުޝަން ކޮންޓްރޯލް
- އެޓްމޮސްފިއަރިކް ކެމިސްޓްރީ
- އެޓްމޮސްފެރިކް ފިޒިކްސް
- އެޓްމޮސްފެރިކް ސައިންސް
- ބަޔޯކެމިކަލް އިންޖިނިއަރިންގ
- ބަޔޯޑައިވާސިޓީ
- ބަޔޯޑައިވަރސިޓީ އެންޑް ކޮންޒަރވޭޝަން ސައިންސް
- ބަޔޯޑައިވަރސިޓީ ކޮންޒަރވޭޝަން
- ބޮޓަނީ
- ކެމިކަލް އިންޖިނިއަރިންގ
- ސަރކިއުލަރ އިންޖިނިއަރިންގ
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ފިޒިކްސް
- ކްލައިމެޓް ސައިންސް
- ކްލައިމެޓް ސްޓަޑީޒް
- ކްލައިމެޓޮލޮޖީ
- ކޯސްޓަލް މެނޭޖްމަންޓް
- ކޯސްޓަލް ސައިންސް
- ކޮންޒަރވޭޝަން
- ކޮންޒަރވޭޝަން މެނޭޖްމަންޓް
- ކޮންޒަރވޭޝަން ސައިންސް
- ޑޭޓާ ސައިންސް
- އިލެކްޓްރިކަލް އިންޖިނިއަރިންގ
- އިލެކްޓްރިކަލް ޕަވަރ އިންޖިނިއަރިންގ
- އެނަރޖީ
- އެނަރޖީ ޑާޓާ އެނަލިޓިކްސް
- އެނަރޖީ އިކޮނޮމިކްސް
- އެނަރޖީ އެފިޝަންސީ
- އެނަރޖީ އިންޖިނިއަރިންގ
- އެނަރޖީ ފައިނޭންސް
- އެނަރޖީ ލޯ
- އެނަރޖީ މެނޭޖްމަންޓް
- އެނަރޖީ ޕޮލިސީ
- އެނަރޖީ ޕްރޮސެސް ސިސްޓަމްސް އިންޖިނިއަރިންގ
- އެނަރޖީ ޕްރޮޖެކްޓް މެނޭޖްމަންޓް
- އެނަރޖީ ރިސޯސަސް އިންޖިނިއަރިންގ
- އެނަރޖީ ޓެކްނޯލޮޖީސް
- އެންވަޔަރަމަންޓް ލޯ
- އެންވަޔަރަންމަންޓަލް އެސެސްމަންޓް
- އެންވަޔަރަންމަންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން
- އެންވަޔަރަންމަންޓަލް ގަވަރނަންސް
- އެންވަޔަރަންމަންޓަލް އިމްޕްކެޓް އެސެސްމަންޓް
- އެންވަޔަރަންމަންޓަލް މެނޭޖްމަންޓް
- އެންވަޔަރަންމަންޓަލް މީޓިއޮރޮލޮޖީ
- އެންވަޔަރަންމަންޓަލް ފިޒިކްސް
- އެންވަޔަރަންމަންޓަލް ޕްލޭނިންގ
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެެންވަޔަރަންމަންޓަލް ޕޮލިއުޝަން
- އެންވަޔަރަންމަންޓަލް ޕޮލިޔުޝަން އެންޑް މޮނިޓަރިންގ
- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެންޑް ކޮންޒަރވޭޝަން
- އެންވަޔަރަންމަންޓަލް ރިސްކް
- އެންވަޔަރަންމަންޓަލް ސައިންސް
- އެންވަޔަރަންމަންޓަލް ސްޓަޑީސް
- އެންވަޔަރަންމަންޓަލް ސަސްޓެއިނަބިލިޓީ
- ގޭސް އިންޖިނިއަރިންގ
- ޖިއޯސްޕޭޝަލް އިންފޮމޭޝަން ސައިންސް
- ޖިއޯސްޕޭޝަލް ޓެކްނޯލޮޖީ
- ޖިއޯތާރމަލް އިންޖިނިއަރިންގ
- ހީޓް ޕަވަރ އެންޑް ހީޓް އިންޖިނިއަރިންގ
- ހޮލަސީން ކްލައިމެޓް
- ހައިޑްރޯ މީޓިއޮރޮލޮޖީ
- މެރީން ސައިންސް
- މެތަމެޓިކަލް މޮޑެލިންގ
- މެތަމެޓިކްސް
- މެކޭނިކަލް އެންޑް އެނަރޖީ އިންޖިނިއަރިންގ
- މެކޭނިކަލް އިންޖިނިއަރިންގ
- މެކަޓްރޯނިކްސް އިންޖިނިއަރިންގ
- މީޓިއޮރޮލޮޖީ
- ނެޗުރަލް ގޭސް އިންޖިނިއަރިންގ
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- ނެޗުރަލް ސައިންސް(ފިޒިކްސް)
- ނިއުކްލިއަރ އެނަރޖީ އިންޖިނިއަރިންގ
- ނިއުކްލިއަރ ޕަވަރ އިންޖިނިއަރިންގ
- ނިއުމެރިކަލް ވެދާ/ކްލައިމެޓް މޮޑެލިން
- އޯޝަން އެނަރޖީ އިންޖިނިއަރިންގ
- އޯޝަން ރިސޯސަސް
- އޯޝަން ސައިންސް
- އޯޝަނޮގްރަފީ
- އޮއިލް އެންޑް ގޭސް އިކޮނޮމިކްސް
- އޮއިލް އެންޑް ގޭސް ޕްރޮސެސް އިންޖިނިއަރިންގ
- ޕެޓްރޯލިއަމް އިންޖިނިއަރިންގ
- ފިޒިކަލް އޯޝަނޮގްރަފީ
- ފިޒިކްސް
- ޕަވަރ އިންޖިނިއަރިންގ
- ޕަވަރ ޖެނެރޭޝަން
- ޕަވަރ ޕްލާންޓް އިންޖިނިއަރިންގ
- ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް
- ރިމޯޓް ސެންސިންގ އިން އެއަރ ޕޮލިއުޝަން
- ރިނިއުބަލް އެނަރޖީ
- ރިނިއުބަލް އެނަރޖީ އިންޖިނިއަރިންގ
- ރިނިއުބަލް ޕްރޮޖެކްޓް މެނޭޖްމަންޓް
- ސޯލަރ އެނަރޖީ އިންޖިނިއަރިންގ
- ސަސްޓައިނެބަލް ބިލްޑިންގްސް
- ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް
- ސަސްޓެއިނަބަލް އެނަރޖީ
- ސަސްޓެއިނަބަލް އެނަރޖީ އިންޖިނިއަރިންގ
- ސަސްޓައިނެބަލް މެނޭޖްމަންޓް
- ސަސްޓެއިނަބަލް ޓްރާންސްޕޯޓް
- ވޭސްޓް އެނަރޖީ އިންޖިނިއަރިންގ
- ވޭސްޓް މެނޭޖްމަންޓް
- ވޭސްޓް ވޯޓަރ އިންޖިނިއަރިންގ
- ވޯޓަރ ރިސޯސަސް އިންޖިނިއަރިންގ
- ވިންޑް އެނަރޖީ އިންޖިނިއަރިންގ
- އެއަރ ކޮލިޓީ މެނޭޖްމަންޓް
- ޒޫލޮޖީ
|
|
ގުޅޭވަޒީފާގެ ދާއިރާތައް:
- މަގާމުގެ ދާއިރާއިން ހަދާފައިވާ ސައިންޓިފިކް ރިސަރޗް ޕަބްލިކޭޝަން.
- މަގާމުގެ ދާއިރާގެ މަސައްކަތްތަކާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަނާއިއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުންއެދެމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 11 ޖަނަވަރީ 2026 އާއި 05 ފެބްރުވަރީ 2026 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|