މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެނަރޖީ އިންޖިނިއަރ

އިޢުލާނު

 

މަޤާމު:

އެނަރޖީ އިންޖިނިއަރ

މަޤާމުގެ ނަންބަރު:

J-408728

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 8 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެނަރޖީ ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މާލެ

މުސާރަ:

-/18945 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/10850 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/295 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ތިމާވެއްޓާއި ރައްޓެހި، ރާއްޖެއަށް އެކަށީގެންވާ ޓެކްނޮލޮޖީތައް ތައާރަފްކުރުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ދިރާސާތައްކޮށް މިކަމުގައި ބޭނުންވާ އިންޖިނޭރިންގ ހައްލުތައް ހޯދުމަށް މަސައްކަތް ކޮށް މަގުފަހިކުރުން.
  2. ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ތިމާވެއްޓާއި ރައްޓެހި ރާއްޖެއަށް އެކަށީގެންވާ ޓެކްނޮލޮޖީތައް ތައާރަފްކުރުމަށްޓަކައި ޑިޕާޓްމަންޓުގެ އިސްވެރިންގެ ލަފާގެމަތިން ހަދަންޖެހޭ އެސެސްޓްމަންޓް ހެދުން.
  3. ހަކަތައިގެ މަޝްރޫއުތަކުގެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަލްކިއުލޭޝަންތައް ހެދުން.
  4. ހަކަތައިގެ ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
  5. ހަކަތައިގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވާ ހިންގުމާއި މިފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  6. މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަށް ފޯރުކޮށްދިނުމުމަށް ހިންގާ މަޝްރޫޢުތައް ޕްލޭންކުރުމާއި ހިންގުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
  7. މީގެއިތުރުންވެސް ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްވާންސްޑް ކެމިކަލް އެންޑް ޕެޓްރޯލިއަމް އިންޖިނިއަރިންގ
  • އެޑްވާންސްޑް ހީޓް އިންޖިނިއަރިންގ
  • އެޑްވާންސްޑް ޕަވަރ އިންޖިނިއަރިންގ
  • ކެމިކަލް އިންޖިނިއަރިންގ
  • ސަރކިއުލަރ އިންޖިނިއަރިންގ
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • އިލެކްޓްރިކަލް ޕަވަރ އިންޖިނިއަރިންގ
  • އެނަރޖީ އިންޖިނިއަރިންގ
  • އެނަރޖީ ޕްރޮސެސް ސިސްޓަމްސް އިންޖިނިއަރިންގ
  • އެނަރޖީ ރިސޯސަސް އިންޖިނިއަރިންގ
  • ގޭސް އިންޖިނިއަރިންގ
  • ޖިއޯތާރމަލް އިންޖިނިއަރިންގ
  • ހީޓް ޕަވަރ އެންޑް ހީޓް އިންޖިނިއަރިންގ
  • މެކަޓްރޯނިކްސް އިންޖިނިއަރިންގ
  • މެކޭނިކަލް އެންޑް އެނަރޖީ އިންޖިނިއަރިންގ
  • މެކޭނިކަލް އިންޖިނިއަރިންގ
  • ނެޗުރަލް ގޭސް އިންޖިނިއަރިންގ
  • ނިއުކްލިއަރ އެނަރޖީ އިންޖިނިއަރިންގ
  • ނިއުކްލިއަރ ޕަވަރ އިންޖިނިއަރިންގ
  • އޯޝަން އެނަރޖީ އިންޖިނިއަރިންގ
  • އޮއިލް އެންޑް ގޭސް ޕްރޮސެސް އިންޖިނިއަރިންގ
  • ޕެޓްރޯލިއަމް އިންޖިނިއަރިންގ
  • ޕަވަރ އިންޖިނިއަރިންގ
  • ޕަވަރ ޕްލާންޓް އިންޖިނިއަރިންގ
  • ރިނިއުބަލް އެނަރޖީ އިންޖިނިއަރިންގ
  • ސޯލަރ އެނަރޖީ އިންޖިނިއަރިންގ
  • ސަސްޓެއިނަބަލް އެނަރޖީ އިންޖިނިއަރިންގ
  • ވޭސްޓް އެނަރޖީ އިންޖިނިއަރިންގ
  • ވޭސްޓް ވޯޓަރ އިންޖިނިއަރިންގ
  • ވޯޓަރ ރިސޯސަސް އިންޖިނިއަރިންގ
  • ވިންޑް އެނަރޖީ އިންޖިނިއަރިންގ

ގުޅޭވަޒީފާގެ ދާއިރާތައް:

  • ހަކަތައިގެ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އެފަދަ މަސައްކަތްތަކާގުޅިފައިވާ އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަނާއިއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުންއެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 11 ޖަނަވަރީ 2026 އާއި 05 ފެބްރުވަރީ 2026 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 ޑިސެންބަރު 2025
ހޯދާ