ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ:

މިސްކިތަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ:

މިރަށު މިސްކިތްތަކުގެ މަސައްކަތު މީހުންއަހަރީ ޗުއްޓީއާއި، އާއިލީ ޒިމްމާ ޗުއްޓީ ނުވަތަ ސަލާމުގެ ޗުއްޓީ ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖް ޕޫލުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ. މަސައްކަތް ކުރާނީ ހެނދުނު 1 ގަޑިއިރަށް އަދި ހަވީރު 1 ގަޑިއިރަށް، ދުވާލަކު 2 ގަޑިއިރަށެވެ. މި މަގާމަށް އަންހެނުންނަށް އިސްކަން ދެވޭނެއެވެ.

މަގާމް: މިސްކިތު މަސައްކަތު

ޝަރުތު: ލިޔަންކިޔަންދަތުން

މުސާރަ: ގަޑިއަކަށް -/45

ބޭނުންވާ އަދަދު: 2

ވީމާ، ވޭޖްޕޫލުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފާރާތްތަކުން 12 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

31 ޑިސެންބަރު 2025
ހޯދާ