ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
އިޢުލާން
ޤަބުރުސްތާން ވިނަނޮޅާ ސާފު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
ބީލަން ހުށަހެޅުމުގެ ދައުވަތު
ޤަބުރުސްތާނު ވިނަ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)313-MI/313/2025/108 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ރަޖިސްޓްރީވެފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
|
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
2025 ޑިސެމްބަރ 31 އިން 2026 ޖެނުއަރީ 05 ވަނަ ދުވަހުގެ 10:00 އަށް، |
|
ޕްރީ ބިޑް މީޓިންގ: |
2026 ޖެނުއަރީ 05 ވަނަދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
|
ބިލާން ހުށަހެޅުމާއި، ހުޅުވުން: |
2026 ޖެނުއަރީ 08 ވަނަދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
ައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ
ފޯން ނަންބަރ : 4000079
އީމެއިލް : [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ރަޖަބު 1447
31 ޑިސެމްބަރ 2025
