ދިވެހިރާއްޖެ
ތ.ވޭމަންޑޫގައި އޮންނަ ސީ އެމްބިއުލަންސްގެ މިދަންނަވާ މަގާމުތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއެވެ.
|
މަގާމު: |
ސީނިއަރ ސީ-އެމްބިއުލަންސް ޑްރައިވަރު (ތ.ވޭމަންޑޫގައި އޮންނަ ސީ އެމްބިއުލަންސް) |
|
ބޭނުންވާ ޢަދަދު |
01 (އެކެއް) |
|
މުސާރަ: |
މަހަކު 12,565.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު 6,745.00 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ: |
ސީ-އެމްބިއުލަންސް އޮޕަރޭޝަންސް އެލަވަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދުވަހަކަށް 75.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 120.00 ރުފިޔާ ލިބޭނެއެވެ. ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ. |
|
މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ |
1- ނިޔަމިކަމުގެ ސަނަދު 2 ގެ ސެޓްފިކެޓް 2- ނިޔަމިކަމުގެ ސަނަދު 1 ގެ ސެޓްފިކެޓް 3- ކަނޑުދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް B ކެޓަގަރީގެ ލައިސަންސެއް އޮތުން. 4- މަގާމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ ކަނޑު އުޅަނދު ދުއްވުމުގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ލޯންޗުގެ ކަންތައްތައް ބެލެހެއްޓުމާއި ދަތުރުތަކުގެ ކަންކަން އިސްވެ ކުރުން. 2- އިދާރާއިން ކުރަންޖެހޭ ކަނޑު ދަތުރުތަކުގެ އިންތިޒާމުތައް ކަމާބެހޭ ފަރާތްތަކާގުޅިގެން ހަމަޖެއްސުން. 3- އިދާރާގެ ބޭނުމަށްކުރާ އެކިއެކި ދަތުރުތައް އިދާރާއިން އަންގާ ގޮތެއްގެމަތިން ކުރުން. 4- ސީ އެމްބިއުލަންސް ޑްރައިވަރެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން. |
|
މަގާމު: |
ލޯންޗް ފަޅުވެރި ގްރޭޑް 2 |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
މުސާރަ: |
މަހަކު: 9,010.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު: 3,105.00 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ: |
ސީ-އެމްބިއުލަންސް އޮޕަރޭޝަންސް އެލަވަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދުވަހަކަށް 50.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 75.00 ރުފިޔާ ލިބޭނެއެވެ. ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ. |
|
މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ |
1- ގްރޭޑް 7 ނިންމާފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ލިޔަންކިޔަން އެނގުމާއެކު މަގާމުގެ މަސައްކަތު ދާއިރާއިން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- އުޅަނދުގެ ދަތުރުކުރާއިރުގައާއި ފަޅުގައި އަޅާފައި އޮންނައިރު ލޯންޗް ބެލެހެއްޓުން. 2- ކޮންމެ ދަތުރެއް ނިމުމުން އުޅަނދުގައި ފެންފޮތިލާ ފޮހެ ސާފުކުރުން. 3- ޑްރައިވަރު އަންގާގޮތެއްގެ މަތިން އުޅަނދުގެ އެންމެހާ މަސައްކަތްތައް ކުރުން. 4- ޑްރައިވަރު އަންގާގޮތެއްގެ މަތިން އުޅަނދުގެ ފެހި ބޯވިޔަނުދީ ފެހިކެހުން. |
|
ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން: |
މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ. |
|
އިތުރު މަޢުލޫމާތު: |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
10 ރަޖަބު 1447
