ދިވެހިރާއްޖެ
މިއީ ގއ.މާމެންދޫ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންކުއަރީ ހެދުމުގެ ހުއްދަ ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުން އިންކުއަރީ ހެދުމަށް ނިންމާ، އިންކުއަރީ ހެދުމުގެ ހުއްދަ 2025 އޮގަސްޓް 04 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ވަޒީރު ދެއްވާފައިވާތީ ކުރިއަށް ގެންދެވުނު ގއ.މާމެންދޫ ކައުންސިލުގެ އިންކުއަރީ ރިޕޯޓެވެ.
މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ގއ.މާމެންދޫ ކައުންސިލު އިދާރާއަށް މި އޮތޯރިޓީގެ ފަރާތުން އެކުލަވާލެވުނު އިންކުއަރީ ޓީމްއަކުން ދަތުރުކޮށް، މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ގއ.މާމެންދޫ ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ދިރާސާކޮށް މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާނެއެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ގއ.މާމެންދޫ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެއެވެ.
ގއ.މާމެންދޫ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލުގެ ރައީސާއި މެންބަރުން އަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މި އޮތޯރިޓީއަށް ހުށަހަޅައިފައިވާ މައްސަލަތަކާއި މި އޮތޯރިޓީން މައްސަލަތައް ޙައްލުކުރުމަށް ކައުންސިލަށް ކުރެވިފައިވާ ދަތުރުން ފާހަގަކުރެވިފައިވާ މައްސަލަތަކާއި ކައުންސިލުން ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ، އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ބުނެ މި އޮތޯރިޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކާއި އެކު ޖުމްލަ 17 މައްސަލައެއް އިންކުއަރީގައި ބެލިފައިވެއެވެ. އެ މައްސަލަތަކަކީ:
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާސްކޮށްފައިވާ ކައުންސިލަށް ތަންފީޒު ކުރުމަށް ހުށައަޅާ ކަންކަން ހުއްޓުވާ، ކައުންސިލުން އެހީތެރިކަން ނުދޭކަމަށް ކޮމެޓީއަށް އަންގާފައިވާ މައްސަލަ.
- ޕްރޮކިއުމަންޓް އުސޫލުން ބޭރުން ކައުންސިލަށް ބޭނުންވާ ތަކެތިގަތުމާއި އަދި ކައުންސިލަށް ގަންނަ މުދާ ބަލަހައްޓަމުން ނުދާ މައްސަލަ.
- ކައުންސިލު އިދާރާގެ ބޭނުމަށް ގަނެފައިވާ ކޮންނަބޯޓު ވަކި އުސޫލެއްނެތި އަދި މެއިންޓެނެންސް ނުކޮށް ކައުންސިލުގެ ރައީސް ބޭނުންކުރާކަމާއި އަދި އެކަމުގެ ސަބަބުން ކޮންނަބޯޓު ހަލާކުވެފައިވާ މައްސަލަ.
- ކައުންސިލުން އެކުލަވާލާ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް ރަށުގެ އެކި ސަރަހައްދުތައް ތަރައްޤީކުރުމާއި އަދި އީ.އައި.އޭ ނަހަދާ ކަންކަން ކުރާ މައްސަލަ.
- އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުން ކައުންސިލަށް ސިޓީ ފޮނުވުމުން އެފަރާތްތަކުގެ އަބުރަށް ހުތުރުވާގޮތަށް ކައުންސިލުގެ ރައީސް ޢަމަލުކުރާ މައްސަލަ.
- ޤާނޫނުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ކައުންސިލު ނިންމުމަކުން ވަކިކޮށް ކައުންސިލުގެ ޕްރޮޖެކްޓެއްގައި ބޭނުންކުރާ މައްސަލަ.
- ގއ. މާމެންދޫއިން ބަންޑާރަގޯތި ދޫކުރުމަށް ކައުންސިލުން އެކުލަވާލި އުސޫލު މިނިސްޓްރީގެ ލަފާއި ހޯދާފައިނުވާކަމާއި އަދި ބަންޑާރަ ގޯތި ދޫކޮށްފައިވަނީ ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް ވަކި ބަޔަކަށް މަންފާވާގޮތަށް ކަމަށް ބަޔާންކޮށްފައިވާ މައްސަލަ.
- ރަށުގެ ފަޅުތެރެއަށް ކުނި ނޭޅުމަށް އީ.ޕީ.އޭ އިން އެންގުމުން އެގޮތަށް ކައުންސިލުން ޢަމަލުކޮށްފައި ނުވާ މައްސަލަ.
- 1446 ވަނަ އަހަރު ރަމަޟާންމަހު ތަރާވީސް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެންގި ގޮތާއި ޚިލާފަށް ވަކި މިސްކިތެއްގައި ތަރާވީސް ނުކުރުމަށް ކައުންސިލުން ނިންމާފައިވާ މައްސަލަ.
- ކައުންސިލުގެ ބައްދަލުވުމަށް މެންބަރުން އެޖެންޑާކުރުމަށް ހުށައަޅާ ކަންކަން ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރާ މައްސަލަ.
- ކައުންސިލުން 1446 ވަނަ އަހަރުގެ އީދު ފާހަގަކުރުމަށް ހިންގި ހަރަކާތްތައް ކައުންސިލަރުންނާއި މަޝްވަރާނުކޮށް ކައުންސިލުގެ ރައީސް އަމިއްލައަށް ނިންމާ ކުރިއަށް ގެންދިއަ މައްސަލަ.
- މާލިއްޔަތު ގަވާއިދާ ޚިލާފަށް 35,000ރ (ތިރީސް ފަސްހާސް ރުފިޔާ) އަށް ވުރެން ބޮޑެތި މަސައްކަތް އިޢުލާން ކުރުމެއްނެތި ކައުންސިލުން ކުރިއަށް ގެންދާ މައްސަލަ.
- ކައުންސިލު އިދާރާގައި ގެންގުޅޭ ބިދޭސީ މުވައްޒަފުންނަށް ބަންދު ދުވަހެއް ނުދީ މަސައްކަތް ކުރުވާކަމާއި އަދި އެ މުވައްޒަފުންނާއި އަޑުލާ ބޭއަދަބީ ބަހުން ކައުންސިލުގެ ރައީސް މުޚާތަބުކުރާ މައްސަލަ.
- ކައުންސިލުގެ ބައްދަލުވުން މެންބަރުން ނިންމާ ކަންކަން ކައުންސިލުގެ ނިންމުމާއި ޚިލާފަށް ކައުންސިލުގެ ރައީސް ތަންފީޒު ކުރަމުންދާ މައްސަލަ.
- ކައުންސިލު މެންބަރުންނާއި ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންނާއި ގުޅޭގޮތުން އަގުވެއްޓޭގޮތަށް އާންމުންގެ ތެރޭގައި ކައުންސިލުގެ ރައީސް ވާހަކަ ދައްކާ މައްސަލަ.
- ކައުންސިލުގެ ރައީސް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލާއި ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް ބިރުދައްކާ މަސައްކަތްކުރުމަށް ހުރަސް އަޅާ މައްސަލަ.
- ރަށުގެ އެކި ތަންތާގައި އަމިއްލަ ފަރާތްތަކުން އިންދާފައިވާ ރުއްގަސް ވެރިފަރާތްތަކަށް އެންގުމަކާއި ނުލާ ބަދަލުދިނުމަކާއި ނުލާ ކައުންސިލުން ނަގާ މައްސަލަ.
މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމެވި ގޮތް
ގއ.މާމެންދޫ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ގއ.މާމެންދޫ ކައުންސިލާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ
ގއ.މާމެންދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒީޒް
އިންކުއަރީން ބެލުނު މައްސަލަތަކުން ގއ.މާމެންދޫ ކައުންސިލުގެ ރައީސްގެ މައްޗަށް ބެލި ޒިންމާވާންޖެހޭ މައްސަލަތަކަކީ؛
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާސްކޮށްފައިވާ ކައުންސިލަށް ތަންފީޒު ކުރުމަށް ހުށައަޅާ ކަންކަން ހުއްޓުވާ، ކައުންސިލުން އެހީތެރިކަން ނުދޭކަމަށް ކޮމެޓީއަށް އަންގާފައިވާ މައްސަލަ.
- ޕްރޮކިއުމަންޓް އުސޫލުން ބޭރުން ކައުންސިލަށް ބޭނުންވާ ތަކެތިގަތުމާއި އަދި ކައުންސިލަށް ގަންނަ މުދާ ބަލަހައްޓަމުން ނުދާ މައްސަލަ.
- ކައުންސިލު އިދާރާގެ ބޭނުމަށް ގަނެފައިވާ ކޮންނަބޯޓު ވަކި އުސޫލެއްނެތި އަދި މެއިންޓެނެންސް ނުކޮށް ކައުންސިލުގެ ރައީސް ބޭނުންކުރާކަމާއި އަދި އެކަމުގެ ސަބަބުން ކޮންނަބޯޓު ހަލާކުވެފައިވާ މައްސަލަ.
- ކައުންސިލުން އެކުލަވާލާ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް ރަށުގެ އެކި ސަރަހައްދުތައް ތަރައްޤީކުރުމާއި އަދި އީ.އައި.އޭ ނަހަދާ ކަންކަން ކުރާ މައްސަލަ.
- އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުން ކައުންސިލަށް ސިޓީ ފޮނުވުމުން އެފަރާތްތަކުގެ އަބުރަށް ހުތުރުވާގޮތަށް ކައުންސިލުގެ ރައީސް ޢަމަލުކުރާ މައްސަލަ.
- ޤާނޫނުތަކާއި ޚިލާފަށް އަމިއްލަފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ކައުންސިލު ނިންމުމަކުން ވަކިކޮށް ކައުންސިލުގެ ޕްރޮޖެކްޓެއްގައި ބޭނުންކުރާ މައްސަލަ.
- ގއ. މާމެންދޫއިން ބަންޑާރަގޯތި ދޫކުރުމަށް ކައުންސިލުން އެކުލަވާލި އުސޫލު މިނިސްޓްރީގެ ލަފާއި ހޯދާފައިނުވާކަމާއި އަދި ބަންޑާރަ ގޯތި ދޫކޮށްފައިވަނީ ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް ވަކި ބަޔަކަށް މަންފާވާގޮތަށް ގޯތި ދޫކޮށްފައިވާ މައްސަލަ.
- ރަށުގެ ފަޅުތެރެއަށް ކުނި ނޭޅުމަށް އީ.ޕީ.އޭ އިން އެންގުމުން އެގޮތަށް ކައުންސިލުން ޢަމަލުކޮށްފައި ނުވާ މައްސަލަ.
- 1446 ވަނަ އަހަރު ރަމަޟާންމަހު ތަރާވީސް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެންގި ގޮތާއި ޚިލާފަށް ވަކި މިސްކިތެއްގައި ތަރާވީސް ނުކުރުމަށް ކައުންސިލުން ނިންމާފައިވާ މައްސަލަ.
- ކައުންސިލުގެ ބައްދަލުވުމަށް މެންބަރުން އެޖެންޑާކުރުމަށް ހުށައަޅާ ކަންކަން ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރާ މައްސަލަ.
- ކައުންސިލުން 1446 ވަނަ އަހަރުގެ އީދު ފާހަގަކުރުމަށް ހިންގި ހަރަކާތްތައް ކައުންސިލަރުންނާއި މަޝްވަރާނުކޮށް ކައުންސިލުގެ ރައީސް އަމިއްލައަށް ނިންމާ ކުރިއަށް ގެންދިއަ މައްސަލަ.
- މާލިއްޔަތު ގަވާއިދާ ޚިލާފަށް 35,000ރ (ތިރީސް ފަސްހާސް ރުފިޔާ) އަށް ވުރެން ބޮޑެތި މަސައްކަތް އިޢުލާން ކުރުމެއްނެތި ކައުންސިލުން ކުރިއަށް ގެންދާ މައްސަލަ.
- ކައުންސިލު އިދާރާގައި ގެންގުޅޭ ބިދޭސީ މުވައްޒަފުންނަށް ބަންދު ދުވަހެއްނުދީ މަސައްކަތް ކުރުވާކަމާއި އަދި އެ މުވައްޒަފުންނާއި އަޑުލާ ބޭއަދަބީ ބަހުން ކައުންސިލުގެ ރައީސް މުޚާތަބުކުރާ މައްސަލަ.
- ކައުންސިލުގެ ބައްދަލުވުން މެންބަރުން ނިންމާ ކަންކަން ކައުންސިލުގެ ނިންމުމާއި ޚިލާފަށް ކައުންސިލުގެ ރައީސް ތަންފީޒު ކުރަމުންދާ މައްސަލަ.
- ކައުންސިލު މެންބަރުންނާއި ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންނާއި ގުޅޭގޮތުން އަގުވެއްޓޭގޮތަށް އާންމުންގެ ތެރޭގައި ކައުންސިލުގެ ރައީސް ވާހަކަ ދައްކާ މައްސަލަ.
- ކައުންސިލުގެ ރައީސް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލާއި ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް ބިރުދައްކާ މަސައްކަތްކުރުމަށް ހުރަސް އަޅާ މައްސަލަ.
- ރަށުގެ އެކި ތަންތާގައި އަމިއްލަ ފަރާތްތަކުން އިންދާފައިވާ ރުއްގަސް ވެރިފަރާތްތަކަށް އެންގުމަކާއި ނުލާ ބަދަލުދިނުމަކާއި ނުލާ ކައުންސިލުން ނަގާ މައްސަލަ.
ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައި ރަށު ކައުންސިލްގެ ރައީސްގެ ވާޖިބުތައް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ވ) ގައި "ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން" އަދި (މ) ގައި " ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން" ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މާއްދާއަށް ރިއާޔަތް ކުރުމުން ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދާއި އެއްގޮތަށްތޯ ކަށަވަރު ކުރުމަކީ ކައުންސިލުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކައުންސިލުގެ ރައީސް ގެ ޒިންމާއެއްކަން އެނގެން އޮންނައިރު، މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ، ކައުންސިލުގެ ރައީސް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއަށް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ މާމެންދޫ ކައުންސިލުގެ ރައީސް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
އަދި ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ) އާއި ގަވާއިދު ނަންބަރު 2023/R-158(ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި ހިލާފުވެފައިވާތީ، އެފަދަ ކަމެއް ތަކުރާރުނުކުރުމަށް، ނަސޭހަތްތެރިވުމަށް އަންގައި،އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށް އަންގައި ނިންމައިދިނުމަށް.
ގއ.މާމެންދޫ ކައުންސިލުގެ ސެކްރެޓްރީ ޖެނެރަލް އަބްދުލް ޖަލީލް:
އިންކުއަރީން ބެލުނު މައްސަލަތަކުން ގއ.މާމެންދޫ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޖަލީލްގެ މައްޗަށް ބެލި ޒިންމާވާންޖެހޭ މައްސަލަތަކަކީ
- ދައުލަތުގެ އިދަރާތަކުން ގއ.މާމެންދޫ ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާއިރު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަކީ ކައުންސިލުގެ އިދާރީ ކަންކަން އިންތިޒާމްކުރުމުގެ އެންމެ އިސްފަރާތްކަމާއި އަދި ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރާކަން އިދާރީގޮތުން ކަށަވަރު ކުރަންޖެހޭ ފަރާތްކަމަށް ވާއިރު އެޒިންމާ އަދާކޮށްފައިނުވާ މައްސަލަ
- ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރަމުންދާއިރު އިދާރީ ގޮތުން ކަންކަން ކުރެވެމުންދަނީ ޤާނޫނުތަކާއި އެއްގޮތަށްކަން ކަށަވަރު ކުރުމަށް ހުރި ފަރާތަކީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމަށްވާއިރު އެޒިންމާ އަދާކޮށްފައިނުވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލުގައި ފައިސާގެ ކަންކަން ހިނގާކަން އެނގިހުރެ މާލި ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ހުއްޓުވާފައިނުވާ މައްސަލަ
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓުތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންދާކަމާއި އަދި އެފަދަ މުޢާމަލާތްތައް އެޕްރޫވުކޮށް ސޮއިކޮށްފައިވާކަމާއި މިއީ މާލީ ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ހުއްޓުވަން ޖެހޭ ކަމަކަށް ވާއިރު އެކަންކަން ސީދާ ކުރައްވާ މައްސަލަ.
- ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކިގޮތަކަށް ކަންކަން ކުރުވާއިރު ކައުންސިލުގެ އިދާރީ ހިންގުމުގެ އެންމެ އިސްފަރާތަކީ ކައުންސިލުގެ އެސް.ޖީ ކަމަށްވާއިރު އެފަދަ ޝަކުވާއެއް ހުށައެޅިފައިވާކަން އެނގިހުރެ އެކަން ބަލާ ހުއްޓުވާފައިނުވާ މައްސަލަ
މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ކައުންސިލުގެ މާލީކަންކަން ބެލެހެއްޓުމުގެ މާލީ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުންނާއި އިދާރީ ހިންގުމުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލުގެ ނިންމުންތަކާއި މާލީ މުއާމަލާތްތައް ޤާނޫނާއި ގަވާއިދާއި އެއްގޮތަށް އިދާރީގޮތުން ތަންފީޒުކުރުމުގެ ޒިންމާއަކީ ސެކްރެޓަރީ ޖެނެރަލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއަކަށްވީނަމަވެސް އެ ޒިންމާ އަދާކުރުމުގައި އިހުމާލުވެ ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޖަލީލުގެ މައްޗަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2024/R-19 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާއި ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ) އާއި ގަވާއިދު ނަންބަރު 2023/R-158(ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި ޤާނޫނު ނަންބަރު: 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު: 2014/R-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު) ދަށުން ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އަށާއި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމަށާއި،
އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށް އަންގައި ނިންމައިދިނުމަށް.
ގއ.މާމެންދޫ ކައުންސިލުގެ ނައިބު ރައީސް އަޝްރަފް އަލީ:
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، އަދި މި އިންކުއަރީ އިން ފާހަގަ ކުރެވިފައިވާ މައްސަލަތަކާއި ގުޅިގެން، ކައުންސިލް އިދާރާގައި އެ ކަންތައްތައް ހިނގާކަން އެނގިހުރެ ، އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ ޒިންމާ ނަގައިފައި ނުވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ މާމެންދޫ ކައުންސިލުގެ މެންބަރު ނައިބް ރައީސް އަޝްރަފް ޢަލީ އަށް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ގއ.މާމެންދޫ ކައުންސިލުގެ މެމްބަރ މިސްބާޙް މުޖްތަބާ:
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ މާމެންދޫ ކައުންސިލުގެ މެންބަރު މިސްބާޙް މުޖްތަބާ، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ގއ.މާމެންދޫ ކައުންސިލުގެ މެމްބަރ ނާޝިދާ ޙަނީފް:
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ މާމެންދޫ ކައުންސިލުގެ މެންބަރު ނާޝިދާ ޙަނީފްއަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ގއ.މާމެންދޫ ކައުންސިލުގެ މެމްބަރ ސައުދަތު ސަޢީދު:
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ މާމެންދޫ ކައުންސިލުގެ މެންބަރު ސައުދަތު ސަޢީދުއަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް ބަލާއިރު މިއީ ގއ.މާމެންދޫ ކައުންސިލްއިދާރާއާއި ގުޅިގެން މިފަދަ މައްސަލަތަކެއް ހުށަހެޅިފައިވާ ފުރަތަމަ ފަހަރުކަމާއި، މި މައްސަލައިތަކުގައިވެސް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައި ނުވުމުގެ ސަބަބުން ކައުންސިލްގެ މުދަލާއި ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރެވިފައިވާތީއާއި، ކައުންސިލް އިދާރާއިން ކުރިޔަތްއޮތްތާގައި ކައުންސިލްގެ ބަޖެޓް އިން ޚަރަދުކުރުމުގައި ލާމަރުކަޒީ ޤާނޫނޫގައި ބަޔާންކުރެވިފައިވާ އުސޫލުތަކުގެ މަތިން އަދި އެހެނިހެން ޤާނޫނުތަކުން ކައުންސިލަށް ލާޒިމްކުރާ ޒިންމާތައް އަދާކުރުމުގައި ސަމާލުކަންދީ، ފާހަގަކުރެވިފައިވާ މައްސަލަތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރާނެ ރިކޮމެންޑޭޝަންތައް ބަލައިގަނެ، ކައުންސިލްގެ ހުރި މިފަދަ މައްސަލަތައް އިސްލާޙުކުރުމަށް ގއ.މާމެންދޫ ކައުންސިލަށް އަންގައި،2025 ޑިސެމްބަރ 29 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2025 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރީމެވެ.
