ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ:

އިޢުލާން

ރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ:

 

                  މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް 1 އަހަރުގެ މުއްދަތަށް، ރަށުގެ ބަނދަރު ބަލަހައްޓާނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މިކަމާގުޅޭ މަޢުލޫމާތު ދިނުން ދެގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ 04 ޖަނަވަރީ 2026 ވަނަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމެވެ. ދެވަނަ ގޮތަކީ 04 ޖަނަވަރީ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި [email protected] މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށްދިނުމެވެ. ބީލަން ހުށަހެޅޭނީ އިސްވެ ދެންނެވުނު ދެގޮތުން ކުރެ ގޮތަކަށް މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަން ވާނެއެވެ.

                  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 04 ޖަނަވަރީ 2026 ވަނަ ދުވަހު 11:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 08 ޖަނަވަރީ 2026 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް މަޢުލޫމާތު ސީޓުގައި ހިމެނިފައިވާނެއެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2025
ހޯދާ