ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިޢުލާން ނަންބަރ:(IUL) GS-21/2025/26
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ބީލަމަކީ ކޫލް ސްކޫލް މަސްރޫޢުގެ ދަށުން ސްކޫލްތައް އެއާރކޮންޑިޝަން ކުރުމަށްޓަކައި މި ސްކޫލްގެ ކުލާސްރޫމްތަކާއި ހޯލްގަ ކުރަންޖެހޭ މަރާމާތުތައްކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޑިސެމްބަރ 30 އިން 2026 ޖެނުއަރީ 4 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 11:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖެނުއަރީ 4 ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖެނުއަރީ 4 ވާ އާދީއްތަ ދުވަހުގެ 11:15 ގައި ޅ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2026 ޖެނުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޅ.އަތޮޅު މަދަރުސާގެ އޭވީ އޮފީހުގައެވެ.
- މި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް، ރަޖިސްޓަރީ ވާ ދުވަހު މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި މަދަރުސާގެ އޮފީހުން ލިބޭނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ޅ.އަތޮޅު މަދަރުސާ
ޅ.ކުރެންދޫ، ދިވެހިރާއްޖެ.
ފޯން: 6620038
އީ-މެއިލް: [email protected]
30 ޑިސެންބަރު 2025
ހޯދާ
