ދިވެހިރާއްޖެ
އިޢުލާން
1447ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކުރުމަށްރާއްޖޭން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާ ގުޅޭ
1447 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާ ހުއްދަ ލިބިވަޑައިގެންފައިވާ ފަރާތްތަކުން ރާއްޖެ ގެނައުމަށް ބޭނުންވާ ހާފިޒުން/ޤާރީންގެ ވީޒާއަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމުން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ދެއްކުމަކާ ނުލާ، އެފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ "ސްޕެޝަލް ވީޒާ" އެއް ދޫކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، 1447 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ވީޒާއަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
"ސްޕެޝަލް ވީޒާ" އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- 1447 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާފައިވާ ހުއްދައިގެ ސާފު ކޮޕީ.
- ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް" ގެ ސާފު، ކުލަ ކޮޕީ (މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމުގައިވުން އަދި ޕާސްޕޯޓަކީ މުއްދަތު އިތުރުކޮށްފައިވާ ޕާސްޕޯޓެއް ކަމުގައި ނުވުން.)
- ބިދޭސީ ފަރާތުގެ ފޮޓޯ (ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ - މި ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯ މިންގަނޑާ އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް ކަމުގައިވުން.)
- "ޕާރމިޓް ޑެކްލަރޭޝަން ފޯމު" ((IM20 (މި ފޯމް މިއިދާރާގެ ވެބްސައިޓްwww.immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.)
- "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު" (IM30) (މި ފޯމް މިއިދާރާގެ ވެބްސައިޓްwww.immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.)
1447 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙްނަމާދުކުރުމަށް "ސްޕެޝަލް ވީޒާ" ދޫކުރެވޭ ޙާފިޒުން/ޤާރީން ގެ ޢާއިލާގެ މެންބަރުންނަށް ވީޒާ ދޫކުރުމާ ގުޅޭ.
1447 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކުރުމަށް "ސްޕެޝަލް ވީޒާ" ދޫކުރެވޭ ޙާފިޒުން/ޤާރީން ރާއްޖެ ވަޑައިގަންނަވާއިރު އެފަރާތްތަކުގެ ޢާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ، އެފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން މި އިދާރާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް ތިރީގައި މިދަންނަވާ ލިޔުންތަކާއެކު "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" ހުށަހަޅުއްވައި، ރާއްޖެއަށް ދަތުރުފެށުމުގެ ކުރިން ހުއްދަ ހޯއްދަވަންވާނެއެވެ.
"ސްޕޮންސަރޝިޕް ޑެކްލަރޭޝަން" އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް
- "ޕާރމިޓް ޑެކްލަރޭޝަން ފޯމު" ((IM20 (މި ފޯމް މިއިދާރާގެ ވެބްސައިޓްwww.immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.)
- ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް" ގެ ސާފު، ކުލަ ކޮޕީ (މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމުގައިވުން އަދި ޕާސްޕޯޓަކީ މުއްދަތު އިތުރުކޮށްފައިވާ ޕާސްޕޯޓެއް ކަމުގައި ނުވުން.)
- ބިދޭސީ ފަރާތުގެ ފޮޓޯ (ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ - މި ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯ މިންގަނޑާ އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް ކަމުގައިވުން.)
- "ސްޕެޝަލް ވީޒާ" ދޫކުރެވިފައިވާ ޙާފިޒު/ޤާރީ އާއި "ސޮޕޮންސަރޝިޕް" އަށް އެދޭ ފަރާތާ އޮތް އާއިލީ ގުޅުން އަންގައިދޭ ލިޔުން.
- "ސްޕެޝަލް ވީޒާ" ދޫކުރެވިފައިވާ ޙާފިޒު/ޤާރީގެ މަޢުލޫމާތު އެނގޭނެ ލިޔުން. (ސްޕެޝަލް ވީޒާ އެޕްރޫވަލް ސްލިޕް ނުވަތަ ރާއްޖޭން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާފައިވާ ހުއްދައިގެ ކޮޕީ)
1447 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކުރުމަށް "ސްޕެޝަލް ވީޒާ" ދޫކުރެވޭ ޙާފިޒުން/ޤާރީންގެ ޢާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" ހުށަހަޅައި، ހުއްދަލިބިގެން ރާއްޖެ އަތުވެއްޖެ ނަމަ، އެ ފަރާތަކަށް ރާއްޖޭގައި ހުރުމަށް އޮން އެރައިވަލް "ޓޫރިސްޓު ވީޒާ" ދޫކުރެވޭނެއެވެ.
އަދި، ރާއްޖޭގައި ހުރުމަށް އޮން އެރައިވަލްގައި ދެވޭ މުއްދަތަށް ވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އޮން އެރައިވަލްގައި ދެވޭ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، މި އިދާރާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންވާނެއެވެ.
"ޓޫރިސްޓު ވީޒާ" ގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތައް
- "ޕާރމިޓް ޑެކްލަރޭޝަން ފޯމު" ((IM20 (މި ފޯމް މިއިދާރާގެ ވެބްސައިޓްwww.immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.)
- ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް" ގެ ސާފު، ކުލަ ކޮޕީ (މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމުގައިވުން އަދި ޕާސްޕޯޓަކީ މުއްދަތު އިތުރުކޮށްފައިވާ ޕާސްޕޯޓެއް ކަމުގައި ނުވުން)
- ބިދޭސީ ފަރާތުގެ ފޮޓޯ (ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ - މި ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯ މިންގަނޑާ އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް ކަމުގައިވުން.)
- އޮން އެރައިވަލްގައި ދީފައިވާ ޓޫރިސްޓް ވީޒާގެ ކޮޕީ (ޕާސްޕޯޓުގައި އެރައިވަލް ސްޓޭމްޕް ޖަހާފައިވާ ގަނޑުގެ ކޮޕީ)
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޙާފިޒު/ޤާރީ ރާއްޖެ ގެނައުމަށް ހުއްދަ ދޫކުރައްވާފައިވާ ފަރާތުން ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ސަބަބު އަންގައިދޭ ސިޓީ.
މި ހާލަތުގައި، މުއްދަތު އިތުރުކުރެއްވުމަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަންތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން، ޙާފިޒު/ޤާރީ ރާއްޖޭގައި ހުރުމަށް މި އިދާރާއިން ދޫކޮށްފައިވާ މުއްދަތަށް ވުރެ އިތުރު ނުވާނެގޮތަށް ރާއްޖޭގައި ހުރުމުގެ އިތުރުކޮށްދެވޭނެ ކަމުގައި ދެންނެވީމެވެ.
"ސްޕެޝަލް ވީޒާ" ނުވަތަ "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" އަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަންތައް ހުށަހަޅުއްވާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ތެރޭގައި ޕްރޮސެސްކޮށް، އެ އެޕްލިކޭޝަނަކާ ގުޅޭ މަޢުލޫމާތު މި އިދާރާގެ އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް އެ ފަރާތްތަކަށް އެންގޭނެ ވާހަކަ ދެންނެވީމެވެ.
1447 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް، ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް ބޭނުންވާ ފަރާތްތަކުން، އެ ހާފިޒުން/ޤާރީން ނުވަތަ ހާފިޒުން/ޤާރީންގެ ޢާއިލާ މެންބަރުން ރާއްޖެ އައުމަށް ދަތުރު ފެށުމުގެ ކުރިން، ވީޒާއާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސޭނެ އެކަށީގެންވާ ވަގުތު އޮއްވާ ވީޒާއަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.
އަދި، މި ފަރާތްތަކުގެ "ސްޕެޝަލް ވީޒާ" ނުވަތަ "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" އެޕްލިކޭޝަން ހުށަހެޅުއްވުމަށްފަހު އެޕްލިކޭޝަން ޕްރޮސެސް ނިމި، މި އިދާރާގެ ހުއްދަ ލިބުމުގެ ކުރިން އެއްވެސް ފަރާތަކުން ރާއްޖެއައުމަށް ދަތުރު ނުފެށުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.
މީގެ އިތުރުން، "ސްޕެޝަލް ވީޒާ" ނުވަތަ "ސްޕޮންސަރޝިޕް އެޕްރޫވަލް" ލިބިފައިވާ ފަރާތްތަކުން ރާއްޖެ އައުމުގެ ކުރިން މި އިދާރާގެ އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް "ޓްރެވަލަރ ޑެކްލަރޭޝަން ފޯމު" ފުރިހަމަކުރަންވާނެއެވެ. އަދި، ރާއްޖެ އައުމަށްފަހު، ޕާސްޕޯޓާއެކު "ސްޕެޝަލް ވީޒާ އެޕްރޫވަލް ސްލިޕް" ނުވަތަ "ސްޕޮންސަރޝިޕް އެޕްރޫވަލް ސްލިޕް" މޯލްޑިވްސް އިމިގްރޭޝަންގެ އެރައިވަލް ކައުންޓަރަށް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، "ޓްރެވަލަރ ޑެކްލަރޭޝަން ފޯމު" ފުރިހަމަކުރުމުން ލިބޭ "ކިއު.އާރު ކޯޑް" މޯލްޑިވްސް އިމިގްރޭޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެރައިވަލް ކައުންޓަރުގައި އިންނަ އިމިގްރޭޝަން އޮފިސަރަށް ދައްކަންވާނެއެވެ.
އަދި ދަންނަވަމެވެ. "ސްޕެޝަލް ވީޒާ" ނުވަތަ "ސްޕޮންސަރޝިޕް އެޕްރޫވަލް" ލިބިފައިވާ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި، އެފަރާތްތަކުގެ ވީޒާގެ ކަންތައްތައް ގަވާއިދާ އެއްގޮތަށް ފުރިހަމަކުރެއްވުމާއި، އެ ފަރާތްތަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖޭން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އެފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދޫކުރައްވާފައިވާ ފަރާތުގެ ޒިންމާއެއް ކަމުގައި ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 1434، 7940452 ނުވަތަ 9199157 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ. އަދި، މިކަމާ ގުޅޭ މަޢުލޫމާތުތައް މިއިދާރާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢުކުރެވިގެންދާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
