ދިވެހިރާއްޖެ
"ބޯހިޔާވަހިކަން އެންމެންނަށް" ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމަށް 16 ނޮވެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އުސޫލު ނަންބަރު 31-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އަށް ގެނެވުނު އިޞްލާޙުތަކާއެކު އަލުން އެކުލަވާލުމަށްފަހު، އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ 28 ޑިސެންބަރު 2025 ޝާއިޢުކޮށްފައެވެ.
އެހެންކަމުން، ބުނެވިދިޔަ އުސޫލުގެ ދަށުން ގޯއްޗަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލުމަށް ނިންމައި އެކަން އަންގައި އިޢުލާނުކުރަމެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ 2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތުގެ މަތިން ރަސްމާލެއިންނެވެ.
1. އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގެ 5 ވަނަ މާއްދާގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ގޯތި ލިބޭ ފަރާތްތައް |
ޢަދަދު |
|
|
މާލޭގެ ރަށްވެހިން |
10,000 |
||
|
|
1.1 |
އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް. |
7000 |
|
|
1.2 |
މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛ |
1000 |
|
|
1.3 |
ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް. |
2000 |
2. އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގެ 7 ވަނަ މާއްދާގެ ދަށުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ގޯތި ލިބޭ ފަރާތްތައް |
ޢަދަދު |
|
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން. |
3000 |
3. އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގެ 8 ވަނަ މާއްދާގެ ދަށުން ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
# |
ގޯތި ލިބޭ ފަރާތްތައް |
ޢަދަދު |
|
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް؛ ޝަރުތުތައް:
|
500 |
|
|
2. |
މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތައް؛ ޝަރުތުތައް: އަސާސީ ޝަރުތުތައް ފުރިހަމަކުރުމުގެ އިތުރުން އަންނަނިވި ޙާލަތަކަށް ފެތުން. ޙާލަތު 1:
ޙާލަތު 2:
|
1500 |
މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށް މި މިނިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު 491/491/2025/155 (IUL) (17 ނޮވެންބަރު 2025) އިޢުލާން ބާޠިލުވީއެވެ.
