ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދެއްވާނެ ދެފަރާތެއް ހޯދުމަށް

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދެއްވާނެ ދެފަރާތެއް ހޯދުމަށް

  1. ތާޖުއްދީން ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް 3 (ތިނެއް) އަހަރު ދުވަހަށް ފަހައި ދެއްވާނެ ދެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖެނުއަރީ 04 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖެނުއަރީ 05 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  4. ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖެނުއަރީ 08 ވާ ބުރާސްފަރި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. މިބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް އެކަނި ކަމުގައި ދެންނެވީމެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ތާޖުއްދީން ސްކޫލް

ފޯން: 3310264

އީ-މެއިލް: [email protected]

 

29 ޑިސެންބަރ 2025

29 ޑިސެންބަރު 2025
ހޯދާ