ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ އިޢުލާން ނަންބަރު IUL)MMPRC-HAS/1/2015/66) އާ ހަވާލާދީ ދަންނަވަމެވެ.
މަތީގައި ހަވާލާ ދެވިފައިވާ މި ކޯޕަރޭޝަންގެ 2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު ދުވަހާއި، މަޢުލޫމާތު ދިނުން ބޭއްވުނު ދުވަހާ ދެމެދު އެކަށީގެންވާ ވަގުތު ދެވިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 2016 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 2015 ނޮވެންބަރު 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
07 ޞަފަރު 1437