ފެމިލީ ކޯޓް
ދިވެހިރާއްޖެ
ފެމިލީ ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ

ފެމިލީ ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލް ތިރީގައި އެވަނީއެވެ.

  1. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ފަންހިޔާ ބިލްޑިންގ
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2026 ޖަނަވަރީ 09 ވަނަ ދުވަހުގެ 14:30 ގައި
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯނު ނަންބަރު: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން 14:00 އަށް 3340512 މި ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަވަން ވާނެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން 24 ގަޑިއިރު ތެރޭގައި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv  މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު އެ ތަކެތި ގެންދަވަންވާނެއެވެ. އަދި ނީލަން ކާމިޔާބު ކުރައްވާ ފަރާތުން މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔުމަށް އިޢުލާނު ކުރެވޭނެއެވެ.

ވީމާ ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޑިސެންބަރު 2025
ހޯދާ