ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2025/33
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތަށް ވަގުތީ މީހުން ހޯދުން
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް މިރަށު މަސްޖިދުލް ނަހުޟާ މިސްކިތުގައި މަސައްކަތްކުރާނެ، އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.
އުޖޫރަ:
- އިމާމް ކަމުގެ ޝަރުތު ހަމަވާނަމަ (ޖީ.އެސް 3 ގެ ރޭންކު) ކޮންމެ ނަމާދު ވަގުތަކަށް -/61 ރުފިޔާ
- އިމާމް ކަމުގެ ޝަރުތު ހަމަވާނަމަ (ޖީ.އެސް 1 ގެ ރޭންކު) ކޮންމެ ނަމާދު ވަގުތަކަށް -/53 ރުފިޔާ
- މަސައްކަތު މީހުންނަށް (އެސް.އެސް 1 ގެ ރޭންކު) މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ
މިއީ ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ނެގޭ ބަޔަކަށް ވާތީ،އުޖޫރަ ދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދު ދުވަހުގެ ފައިސާ އާއި އިތުރު ގަޑީގެ ފައިސާއެއްނުދެވޭނެއެވެ.
ހުށަހަޅަންޖެހޭލިޔުންތަށް
- މުއްދަތު ހަމަނުވާ އައި.ޑީ.ކާޑްގެ ކޮޕީ
- މަތީގައި ދެންނެވިފައިވާ މަސައްކަތާއި ގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ އެންމެ މަތީ ސެޓްފިކޭޓްގެ ކޮޕީ
މަޤާމަށް ހޮވޭގޮތް
މި މަޤާމް ތަކަށް ކުރިމަތިލައްވާ ފަރާތް ތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ހުށަހަޅާ ހުރިހާ ފަރާތްތަކެށް މަޤާމަށް ހޮވޭނެއެވެ. ނަމަވެސް މަޤާމަށް ހޮވޭ ފަރާތްތަކުން ހުށަހަޅާ ލިޔުން ތަކުގެ މައްޗަށް ބިނާކޮށް އެފަރާތްތަށް ތަރުތީބު ކުރެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ޙާލަތާއި މަސައްކަތަށް ނެރެވޭނެގޮތް
މިސްކިތު އިމާމުން މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާއި ހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައި ވޭޖް މުވައްޒަފުން ނެރުމުގައި އިސްކަން ދެވޭނީ ޢިއުލާނާ ގުޅިގެން ކުރިމަތިލާ ލިސްޓް ތަރުތީބުން ނެވެ.
ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތް ތަކުން 2026 ޖަނަވަރީ 04 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
