|
އިންޓަރން މަޤާމުގެ އިންޓަރވިއު ކުރިއަށް ގެންދާނީ އިޢުލާން ނަންބަރު MNU-HR/2025/226 އަށް ހުޅުވާލެވިފައިވާ ޕްރޮކިއުމަންޓް އޮފިސަރ (ކޮންޓްރެކްޓް) / އެސިސްޓަންޓް ޕްރޮކިއުމަންޓް (ކޮންޓްރެކްޓް)ގެ އިއުލާނަށް އެޕްލިކޭޝަން ލިބިފައި ނުވާނަމެއެވެ.
|
|
މަޤާމު:
|
އިންޓަރން (އެޑްމިން)
|
ބޭނުންވާ އަދަދު:
|
1
|
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
އެޗް.އާރް
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް (06 މަސް ދުވަސް)
|
|
އުޖޫރަ:
|
ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން
|
|
މަސައްކަތުގެ ވަގުތު
|
- 2 - 6 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)
|
|
މަގާމުގެ ޝަރުތު:
|
- 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ފެކަލްޓީ / ސެންޓަރ، ކެމްޕަސް އަދި އިދާރީ މަރުކަޒުން ފޮނުވާ ތަކެއްޗަށް އެދޭ ފޯރމްތައް ލިބުމުން އެންޓްރީން ނެގުން.
- މަރުކަޒުތަކުން ފޮނުވާ ޕާރޗޭސް ރިކްއެސްޓް ލިސްޓްތައް އަދާހަމަކޮށް ބެލެހެއްޓުން.
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ތަކެތި ލިބެންހުރިތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުޞޫލުން އަގުހޯދުމާއި އަގުޖެހުމަށްފަހު، ވެރިޔާ ލައްވާ އަގު ފާސްކުރުން.
- ޕާރޗޭސް އޯރޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު، އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސް/ފޮނުވުމަށްފަހު މުދާ ގެނައުން.
- ދުވަހުންދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ނުލިބޭ މުދާ ލިބޭނެ މުއްދަތެއް ކަނޑައަޅައި ނިންމުމަށް މަސައްކަތް ކުރުން.
- މިނިސްޓްރީ އޮފް ފައިނޭންސް، އޯޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތަކެތި ހޯދުމަށް މަސައްކަތް ކުރުން.
- ކެޕިޓަލް ބަޖެޓުން ޚަރަދުކުރާ ތަކެތި ގަތުމުގެ ކުރިން ފައިނޭންސް ޑިޕާރޓްމަންޓް މެދުވެރިކޮށް ކެޕިޓަލް ޚަރަދުގެ ހުއްދަ ނެގުމާއި އެސް.އޭ.ޕީ ސިސްޓަމްގެ ތެރެއިން އެސެޓް ރަޖިސްޓަރ ކުރުން.
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތް ކުރުމާއި ތަކެތި ގަތުމަށްޓަކާ އިއުލާނުކުރުމާއި ބީލަމަށް މައުލޫމާތު ދިނުމާއި ބީލަން ބަލައިގަތުން އަދި އިވެލުއޭޓްކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ހަމަޖައްސަވާ އުޞޫލަކުން ކުރިއަށް ގެންދިޔުން.
- ބީލަމުގެ ތެރެއިން ކޮންޓްރެކްޓަރުންނަށް އެވޯޑްކޮށްގެން ތަކެތި ގަތުމަށް ޕްރޮކިޔުމަންޓް ކޮމެޓީން ނިންމާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކާ ޑިޕާރޓްމަންޓްގެ ވެރިޔާގެ އިރުޝާދާއެކު ކޮންޓްރެކްޓް ތައްޔާރުކުރުމާއި ކޮންޓްރެކްޓާ ގުޅިގެން ސަޕްލަޔަރުން މަސައްކަތްކުރަމުންދާގޮތް މޮނިޓަރކޮށް ރެކޯޑްބެލެހެއްޓުން.
- ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މައުލޫމާތު ލަސްވެގެން ކޮންމެ ހަފްތާއަކު އެއްފަހަރު ޑިޕާރޓްމަންޓް ވެރިޔާއާ މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި ، އެ ހަމަޖައްސާ އުސޫލާއި އެއްގޮތަށް އަމަލުކުރުން.
- އެކި ފެކަލްޓީ / ސެންޓަރ ، ކެމްޕަސް އަދި ޔުނިވަރސިޓީގެ ސެކްޝަންތަކަށް އަވަހަށް ހޯދޭ ތަކެތި ފިޔަވާ އާންމު ތަކެތި 07 ދުވަސް ތެރޭގައި ޤަވާއިދުން ޙަވާލުކުރަމުން ގެންދިޔުމާއި ޑެލިވަރީ ނޯޓް ބެލެހެއްޓުން. މީގެ އިތުރުން ނުގަނެވޭ ތަކެތި ލިސްޓްގައި އަދާހަމަކޮށް ބެލެހެއްޓުން.
- ގަނެގެން ގެނެވޭ ތަކެތި ފެންވަރު ބެލުމާއި، ފެންވަރު ރަގަޅު ތަކެތި ގަތުމަށް ބާރުއަޅާ މަސައްކަތްކުރުން.
- ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން އަދި ތަކެތި ވިއްކާ ފަރާތުގެ ކޮންޓެކްޓް މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
- އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ކެމްޕަސްތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި އެ ތަކެތި ފޮނުވުމުގައި ބޭނުންކުރާ ލިޔެކިޔުން ބެލެހެއްޓުން.
- ރާއްޖެއިން ބޭރުގެ ސަޕްލަޔަރުންނާ ސީދާގޮތުން މުއާމަލާތުކޮށްގެން ޔުނިވަރސިޓީއަށް ގެނެވޭ މުދަލުގެ ޕޯރޓް އަދި ކަސްޓަމްސް ކްލިއަރެންސް ހެދުމާއި އެމުދަލެއް ހަވާލުކުރަން ޖެހޭ ޔުނިވަރސިޓީގެ މަރުކަޒުތަކާ ހަވާލުކޮށް ނިންމުން.
- ކޮންޓްރެކްޓަރުންނަށް އެވޯޑްކުރެވޭ މަސައްކަތްތައް ނިމުމުން ތަކެތީގެ/މަސައްކަތުގެ ފެންވަރު ބެލުމަށްފަހު "ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް" ތައްޔާރުކުރުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ޑިޕާރޓްމަންޓް ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2026 ޖަނަވަރީ 05 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2025-227
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
- ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
|
ސަމާލުކަމަށް:
|
- މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|