ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ޕްރީސްކޫލްގެ 2 ކްލާސްރޫމް އިމާރާތްކުރުމާބެހޭ

މި ސްކޫލުގައި ޕްރީސްކޫލް ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް 2 ކްލާސްރޫމް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.

އަދި ބިޑް ހުށަހަޅާއިރު ހުރިހާ ޑޮކިއުމެންޓްސްތަކެއް ހަމަކުރުމަށްފަހު ބިޑް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ހުރިހާ ޑޮކިއުމެންޓްސްތަކެއް ހަމަކޮށްފައިނުވާ އެއްވެސް ބިޑެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ޝުކުރިއްޔާ

19 ނޮވެންބަރު 2015
ހޯދާ