ދިވެހިރާއްޖެ
މި ރަށުގެ އެކިސަރަހައްދު ތަކުގައި ހުރި ކައުންސިލްގެ ރުއްގަނޑުތަކާއި ބަނބުކޮޔޮ ގަސްތައް ފަސްއަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި (އިޢުލާނު ނަންބަރ: (IUL)399-CA/399/2025/134) ގުޅިގެން އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީވެ އެފުރުސަތު އަލުން ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން ވަރުވާއަށް ދޫކުރާ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.
1- ތުނޑީ ބަނދަރު އިރުމަތީ ފަރާތުގައިވާ ނަންބަރ 39.4.3 ނަންބަރ ހުސްބިމުފައިވާ ފޯދުނު 108 ރުއް
2- ތުނޑީ ބަނދަރު އިރުމަތީ ފަރާތުގައިވާ ނަންބަރ 59.7.16 ނަންބަރ ހުސްބިމުފައިވާ ފޯދުނު 15 ރުއް
3- ތުނޑީ ބަނދަރު އިރުމަތީ ފަރާތުގައިވާ 75 ނަންބަރ ހުސްބިމުފައިވާ ފޯދުނު 48 ރުއް
4- ބޮޑުފެންގަނޑު މަގު ގެ އަރިމަތީ ދެފަރާތުގައި ހުރި ފޯދުނު 55 ރުއް
5- ބޮޑުފެންގަނޑު މަގުން ފެށިގެން މާންދޫ ބެންޑާއި ހަމައަށް ސިނާއީ މަގުގެ ހުޅަންގު ފަރާތުގައި ހުރި 208 ރުއް
6- ތުނޑީ ބަނދަރު ސަރަހައްދުގައި ހުރި 51 ރުއް
7- ތުނޑީ ފަލާޙު މިސްކިތު އިރުމަތީ ބިމުގައިހުރި ބަނބުކެޔޮ ގަސްތަކާއި ރުއްތަށް
|
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
|
04 ޖަނަވަރީ 2026 ވަނަ ދުވަހު 10:00 ގައި |
07 ޖަނަވަރީ 2026 ވަނަ ދުވަހު 13:00 ގައި |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ސެމިނާރޫމަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުމާތައްޓަކައި ދެންނެވީމެވެ. އަގު ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިޢުލާނުގައިވާ ރުއްގަނޑުތައް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއިދާރާއިން އެންގުމުން ސޮއިނުކޮށްފިނަމަ އެރުއްގަނޑަކަށް އަގު ހުށަހެޅި ފޯމު ބާތިލްކުރެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 7611515 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
