މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންގި މުބާރާތުގައި ބައިވެރިވުމާއި ގުޅޭ

އިޢުލާން

 

ބަންގި މުބާރާތުގައި ބައިވެރިވުމާއި ގުޅޭ:

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބަންގި މުބާރާތް " ނޫރުލް އަޛާން 1447 " މިފެށޭ 2026 ވަނަ އަހަރު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް މިފަހަރު ރޭވިފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލްކުރާގޮތަށް ބައިވެރިއަކާއިއެކު ޖުމްލަ 19 އަތޮޅުން 19 ބައިވެރިންނާއިއެކު ކުރިއަށް ގެންދާގޮތަށެވެ.

ވީމާ، ބަންގި މުބާރާތް " ނޫރުލް އަޛާން 1447 " އަތޮޅު އޮޑިޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތުގެ މަޢުލޫމާތު ( ނަން، އައިޑީ ކާރޑް ނަންބަރ، އަދި ދިރިއުޅޭ ރަށް، ގުޅޭނެ ނަންބަރު ) ހިމެނޭ ގޮތަށް 05 ޖެނުވަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިމުބާރާތުގެ ބައިވެރިންގެ ޝަރުތުތަކާއި މުބާރާތް އެކުލެވިގެންވާ ގޮތުގެ ތަފްސީލު މިއިޢުލާނާއި އެކު އާންމު ކުރީމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2025
ހޯދާ