ދިވެހިރާއްޖެ
2026 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު މަސައްކަތު ޕޫލަށް މީހުން ހޯދުން
ގައްދޫ މިސްކިތްތަކުގައި މަސައްކަތް ކުރައްވަވާ މސްކިތު އެސިސްޓެންޓުން އަހަރީ ޗުއްޓީއާއި، އާއިލީ ޒިއްމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް އެކުލެވޭ ވޭޖު ޕޫލުގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު: |
ކައުންސިލް އެސިސްޓެންޓް ( ވަގުތީ ) |
|
ބޭނުންވާ އަދަދު: |
05 ފިރިހެން އަދި 05 އަންހެން |
|
މަޤާމުގެ ގިންތި: |
ވޭޖް |
|
މަޤާމުގެ ރޭންކު: |
އެސް. އެސް. 1 ( ސަޕޯޓް ސްޓާފް ގްރޭޑް 1 ) |
|
މުސާރަ |
މަސައްކަތް ކުރާ ގަޑީއަކަށް -/45 ( ސާޅީސް ފަހެއް ) ރުފިޔާ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާ / ގައްދޫ މިސްކިތްތައް |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މިސްކިތާއި މިސްކިތުގެ ދޮރުތަކާއި ކަބަޑު، ފޮތް ހަރުގަނޑު، ފަންކާ، ހޮޅިބުރި، އޭސީ ފަދަ ތަކެތި ފޮޅައި ސާފުކުރުން
- މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުން
- މިސްކިތު ވަޅުތައް ދިޔަހިއްކާ ސާފުތާހިރުކޮށް ބެލެހެއްޓުން
- މިސްކިތުގައި ދީނީ ދަރުސްދިނުން ފަދަ ޕްރޮގުރާމްތައް ބާއްވާނަމަ އެ ފަދަ ޕްރޮގުރާމްތައް ބޭއްވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން އިމާމަށާއި އިދާރާއަށް ދިނުން
- މިސްކިތުގައި ކުރާ މަރާމާތުތަކަށް އެހީތެރިވެދިނުން
- މިސްކިތުގައި ކުރަންޖެހިފައިވާ މަރާމާތުކުރުމުގެ މަސައްކަތްތައް އިމާމުގެ އަދި ކައުންސިލް އިދާރާގެ ސަމާލުކަމަށް ގެނައުން
- ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
- ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރުބަރިއާއި، ފާޚާނާއާއި، ވަޅުދޮށް ސާފުކުރުން
- މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ވަށައިގެންވާ މަގުތައް ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
10. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
11. މިސްކިތް ސާފުކޮށް ނެގޭ ކުނި ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން އުކާލުން
12. މިސްކިތުގެ ގޯތިތެރޭގައި ގައުޖަހާފައިވާ ތަންތަނުން ކޮންމެ ދުވަހަކު ވެލިތައް ކެހުމާއި، ގައުތަކުގައި ފެހިޖެހިޔަ ނުދީ ގައުތައް ދޮވެ ސާފުކުރުން
13. މިސްކިތުގައި ބެހެއްޓިފައިވާ މުސްޙަފުތަކާއި ފޮތްތައް ފޮހެ ސާފުކުރުމާއި، މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން
14. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން
15. ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި، ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި، ދޮރުތައް ލެއްޕުން
16. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ، ފެންދީ، ބެލެހެއްޓުމާއި، ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތައް ރީތިކޮށް ކޮށައި، ސާފުކޮށް ބެލެހެއްޓުން
މަޤާމުގެ ޝަރުތުތައް:
ލިޔަން ކިޔަން އެނގުން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީކާރޑް
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
ވަޒީފާއަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމް
- ތަމްރީން
- ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ. ނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވާއިރު މަޤާމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމުގައިވާނަމަ އިޢުލާނުގައި ބުނާ އަދަދަށް މީހުން ހަމަވަންދެން ޕޫލަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.
