ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
އެސިސްޓަންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ (ވޭޖް)

`

ހިދާޔާ ސްކޫލް

  ނ.މިލަދޫ    

               ނަންބަރު:GS116-IUL/2025/047  

އިޢުލާނު

މަޤާމު:

އެސިސްޓަންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ 

މަޤާމުގެ ނަންބަރު:

J-424496

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން (ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން ޗުއްޓީއަށް ދިޔަ މުވައްޒަފު އެނބުރި ސްކޫލަށް ނުކުންނަންދެން)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 4 ، ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިދާޔާ ސްކޫލް ، ނ.މިލަދޫ

މުސާރަ:

ވޭޖް އުސޫލުން  ތިރީގައިވާ މުސާރާ އާއި އެލެވެންސް ދެވޭނެއެވެ.

އަސާސީ މުސާރަ

މަޤާމްގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޟިރުވާ ކޮންމެ ދުވަހަކަށް)

-/8505 ރުފިޔާ

-/2555 ރުފިޔާ

70/- ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޓެންޑެންސް މެޝީން މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީއާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުމާ އެޓެންޑެންސް މެޝިންގެ އިދާރީ ހުރިހާ ކަމެއްބެލެހެއްޓުން.
  2. ގަޑިޖެހޭ މުވައްޒަފުންގެ ރެކޯޑް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.
  3. މުވައްޒަފުންގެ ސަލާމާއި އާއިލީ އާއިލީ ޒިންމާގެ ޗުއްޓީގެ ރެކޯޑްތައް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.
  4. މުވައްޒަފުންގެ އަހަރީ ޗުއްޓީއާ އެހެނިހެން ޗުއްޓީތަކުގެ ރެކޯޑްތައް ޤަވައިދުން ބަލަހައްޓަމުން ގެންދިއުން.
  5. މުވައްޒަފުންގެ އަހަރީޗުއްޓީގެ ޗިޓުތައް ތައްޔާރުކޮށް ގަވާއިދުން މުވައްޒަފުންނަށް ދޫކުރުން.
  6. ހާޒިރީއާއި ގުޅޭގޮތުން މުވައްޒަފުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާނަމަ އެކަމުގެ މައުލޫމާތު އެ މުވައްޒަފެއްގެ ސުޕަވައިޒަރާ ލަސްނުކޮށް ހިއްސާކުރުން.
  7. މުވައްޒަފުންގެ ޙާޒިރީ ރިޕޯޓް ކޮންމެ މަހެއްގެ 10 ގެކުރިން ނިންމާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޗް. އާރު ސެކްސަނަށް ހުށަހަޅައިގެން ކުރަނަޖެހޭ މަސައްކަތްތައް ވެރިންގެ އިރުޝާދާ މަޝްވަރާގެމަތިން ކުރުން.
  9. ވަޒީފާއަށް ނަގަންޖެހޭ މުވައްޒަފުން ނެގުމަށް ކުރަންޖެހޭ އިއުލާން ގަވާއިދުން ތައްޔާރުކޮށް ގެޒެޓްކުރުން.
  10. ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކުރަންޖެހޭ އިންޓަވިއުގެ އިންތިޒާމުތައް ޤަވާއިދުން ހަމަޖެއްސުން.
  11.  ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އޭ.ޓޫ ޝީޓްތައްޔާރުކޮށް ގެޒެޓްކުރުން.
  12.  މުވައްޒަފުންނާއި ގުޅޭގޮތުން ސީ.އެސް ވިއުގަ މެދުވެރިކޮށް ކުރަންޖެހޭ އެންޓްރީލެވެލްގެ އެންމެހާ މަސައްކަތްތައް ކުރުން.  
  13.  ބިދޭސީ ޓީޗަރުންގެ މައުލޫމާތުތައް ވިއުގަ މެދުވެރިކޮށް ކޮންމެ އަހަރަކު އަދާހަމަކުރަމުން ގެންދިއުން.
  14.  މުއައްޒަފުންގެ ވަޒީފާބަޔާންތަކާ އަދި ވަޒީފާގެއެއްބަސްވުންތައް ތައްޔާރުކުރުން.
  15.  މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ރައްކާތެރި ކަމާއިއެކު ބަލަހައްޓަމުން ގެންދިއުން.
  16.  މުވައްޒަފުންގެ މެއިން ރަޖިސްޓްރީ އަފްޑޭޓްކޮށް ބެލެހެއްޓުން.
  17.  ކަނޑައެޅިފައިވާ ދުވަހަށް (މަހުގެ 16 ވަނަ ދުވަހު) އިތުރުގަޑީގެ ފައިސާ ރިޕޯރޓް ތައްޔާރުކުރުން.
  18. ކަނޑައެޅިފައިވާ ދުވަހަށް (މަހުގެ 16 ވަނަ ދުވަހު) މުއައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވުން.
  19. މުވައްޒަފުންގެ ތެރެއިން ކްރެޑީޓް ސްކީމް ނުވަތަ އެހެނިހެން ސްކީމްތަކުގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން އެފައިސާ ކަނޑައި ކަނޑައެޅިފައިވާ ޢުޞޫލުތަކާއި އެއްގޮތަށް ހިސާބުހަދައި އެކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  20. މުއައްޒަފުންނަށް އަންގަންޖެހޭ އެންގުތައް ވެރިންއަންގަވާ ގޮތެއްގެމަތިން އެންގުން.
  21. ބަލަހައްޓަވާ އެންމެހާ ކަންކަމާގުޅޭ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފަސޭހައިން ފެންނާނެގޮތަށް ތަރުތީބުން ބެލެހެއްޓުން.
  22. ބަލަހަހައްޓަވާ އެންމެހާ ކަންކަމާގުޅޭ ލިޔެކިޔުން ތާރީޚްތަރުތީބުން ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން. 
  23. ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 
  24. ރަސްމީ ދުވަސްތަކުގައާއި އެނޫން ދުވަސްތަކުގައި، އޮފީސް ހުޅުވަންޖެހޭ ގަޑިތަކަށް ޤަވާއިދުން އޮފީސް ހުޅުވައި، އަދި ބަންދުކުރަންޖެހޭ ގަޑިތަކުގައި ޤަވާއިދުން ފަރުވާތެރިކަމާއެކު ބަންދުކުރުން.
  25. ސްކޫލުގެ ފަރާތުން އެކިފަރާތްތަކަށް ފޮނުވަން ޖެހޭ ލިޔެކިއުން ( ސިޓީ، މެމޯ، ޖެނެރަލް ނޯޓް، މެމޯ، އިއުލާން ފަދަ ލިޔެކިއުން ) ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  26. ސްކޫލުން އެކިފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުންތައް ފޮނުވުމުގެ ކުރިން ސްޕަވައިޒަރު ލައްވާ ޗެކުކުރުމަށް ފަހު ފޮނުވުން.
  27. ސްކޫލުގެ އިތުރުހަރަކާތްތައް ހިނގާ ވަގުތު ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ދިނުން.
  28. ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ސްޕަރވައިޒަރ ހަވާލުކުރާ ގޮތެއްގެ މަތިން ކުރުން.
  29. ސްކޫލުގެ ފަރާތުން ދަންނަވާ އެކިއެކި ބައްދަލުވުންތަކަށާ ހަރަކާތްތަކަށް ހާޒިރުވުން.
  30. ސްކޫލުން ދަންނަވާ އެކިއެކި ބައްދަލުވުންތަކާ، ހަރަކާތްތަކާ އަދި ހަފުލާތަކުގައި އެހީތެރިވެދޭންޖެހޭ ކަންކަންކަމުގައި އެހީތެރިވެދިނުން.
  31. ސްކޫލާ ދަރިވަރުންގެ ކުރިއެރުމަށް އަދި މުވައްޒަފުންގެ އެއްބައިވަންތަކަމަށް ސްކޫލުން ރާވާ ޙަރަކާތްތަކާ ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުމާ އެހީތެރިކަންދިނުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

  1. އެކައުންޓިންގ  
  2. އެކައުންޓިންގ ޓެކްނީޝަން  
  3. އެޑްމިނިސްޓްރޭޝަން  
  4. ބިޒްނަސް  
  5. ބިޒްނަސް އެކައުންޓިންގ  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  10. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  11. ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  12. ކޮމްޕިއުޓަރ ސައިންސް  
  13. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  14. ކޮމްޕިއުޓިންގ  
  15. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  16. ފައިނޭންސް  
  17. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  18. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  19. އިންފޮމޭޝަން ޓެކްނޮލޮޖީ  
  20. އިންވެންޓްރީ މެނޭޖްމަންޓް  
  21. ލޮޖިސްޓިކްސް މެނޭޖްމަންޓް  
  22. މެނޭޖްމަންޓް  
  23. ނެޓްވަރކިންގ  
  24. އޮޕަރޭޝަންސް މެނޭޖްމަންޓް  
  25. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  26. ޕްރޮކިއުމަންޓް މެނޭޖްމަންޓް  
  27. ޕްރޮގްރާމިންގ  
  28. ޕްރޮޖެކްޓް މެނޭޖްމަންޓް  
  29. ޕަބްލިކް އެކައުންޓިންގ  
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  31. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  32. ޕަބްލިކް މެނޭޖްމަންޓް  
  33. ޕާޗޭސިންގް  
  34. ކޮންޓިޓީ ސާވޭއިންގް  
  35. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  36. ސަޕްލައި ޗެއިން މެނޭޖްމަންޓް  
  37. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  38. ވެބް ޑިވެލޮޕްމަންޓް 

 

 

ޕްރިފަރޑް ޑިސިޕްލިން : ނެތް

 

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

 

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

 

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

35

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހިދާޔާ ސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް  އޮންނާނީ، 13 ޖަނަވަރީ 2026 އާއި 22 ޖަނަވަރީ 2026 އާ ދެމެދު، ހިދާޔާ ސްކޫލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560572 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                            

 

28 ޑިސެންބަރު 2025
ހޯދާ