ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އޮތޯރިޓީގެ ނަންބަރު IL-PRC/2015/74ގެ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭނުމަށް މި އޮތޯރިޓީން ކަނޑައަޅާ ރަށްތަކަކަށް މިހިނގާ ނޮވެންބަރު އަދި ޑިސެންބަރު މަހު ތެރޭގައި ދަތުރުކޮށްދޭނެ ފަރާތެއް/ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބިޑުގައި ބައިވެރިވުމަށް އެދި، ލަސްވެގެން 24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 09:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރެއްވުމުން މި ބިޑުގެ އާރްއެފްޕީ އެފަރާތަކަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހެޅުމަށް ތިރީގައިވާ ދުވަހު މި އޮތޯރިޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 އަންދާސީހިސާބު ހުށައެޅުން  | 
 24 ނޮވެންބަރު 2015  | 
 އަންގާރަ  | 
 11:00  | 
11 ޞަފަރު 1437
