މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-395805

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 7   

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕަބްލިކް ރިލޭޝަން ޔުނިޓް، އެޑްމިނިސްޓްރޭޓިވް ސެކްޝަން، ކޯޕަރޭޓް އެފެއަރސް ޑިޕާޓްމަންޓް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

9,84500 ރުފިޔާ

މަޤާމުގެ އެލަވަންސް:

4,595.00 ރުފިޔާ  

ހާޒިރީ އިނާޔަތް:

125.00 ރުފިޔާ  (ކަނޑައަޅާފައިވާ އުޞޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއަށް އަންނަ ބޭރުގެ ޢިއްޒަތްތެރިންގެ ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތް ކުރުން، މީގެ ތެރޭގައި ވީ.އައި.ޕީ ބޭފުޅުން ތިއްބެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީ.އައި.ޕީ ލޯންޖް ހަމަޖެއްސުމުގެ މަސައްކަތް ކުރުމާއި، އެ ބޭފުޅުން ބަލައި އެއަރޕޯޓަށް ދިއުން.
  2. ޓްރޭނިންގ، ސެމިނަރ، ވަރކްޝޮޕް ފަދަ ކަންތައްތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރާއި ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  3. ވީ.އައި.ޕީ ބޭފުޅުން ދާންޖެހޭ ތަންތަނަށް އެސްކޯޓް ކޮށްދީ ޓްރާންސްޕޯޓް ހަމަޖެއްސުން.
  4. މިނިސްޓްރީ އަށް ވަޑައިގަންނަވާ ކޮންސަލްޓެންޓުންނަށް ވިސާ އަދި ދަތުރާއި ގުޅިގެން ކޮށްދޭންޖެހޭ މަސައްކަތްތައް ކުރުން.
  5. ރަސްމީ ބޭނުމަށް ޕާސްޕޯޓް ހަދަން ޖެހޭ މުވައްޒަފުންނަށް ޕާސްޕޯޓް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި ޓްރާންސްޕޯޓްގެ ކަންތައްތައް ހަމަޖެއްސުން.
  6.  މި މިނިސްޓްރީގެ ފަރާތުން އެކި ޓްރޭނިންގ، ސެމިނަރ، ވާރކްޝޮޕް، މީޓިންގތަކުގައި ބައިވެރިވާ މުވައްޒަފުންގެ ޑޭޓާ ބޭސް މެއިންޓެއިން ކުރުން.
  7. ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން މިނިސްޓްރީ އަށް ޒިޔާރަތް ކުރާއިރު ސެކްޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  8.  އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
  9. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

ޕަބްލިކް ރިލޭޝަންސް. މީޑިއާ ސްޓަޑީޒް، މީޑިއާ ޑިޒައިން، މީޑިއާ ކޮމިއުނިކޭޝަން، މީޑިއާ އެންޑް އާޓްސް ޓެކްނޯލޮޖީ، ޑިޖިޓަލް މީޑިއާ ޑިޒައިން، އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިސް، އިމަރޖިންގ މީޑިއާ. ކޮމިއުނިކޭޝަންސް، ޕޮލިޓިކަލް ކޮމިއުނިކޭޝަންސް، ކޮމިއުނިކޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަންސް، ވިޝުއަލް ކޮމިއުނިކޭޝަންސް، އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން. ޖަރނަލިޒަމް، މަލްޓިމީޑިއާ ޖަރނަލިޒަމް، ޕްރިންޓް ޖަރނަލިޒަމް، ޖަރނަލިޒަމް އެންޑް ކޮމިއުނިކޭޝަން، ޑިޖިޓަލް ޖަރނަލިޒަމް، ޖަރނަލިޒަމް އެންޑް ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްސް، ބްރޯޑްކާސްޓް ޖަރނަލިޒަމް، ބްރޯޑްކާސްޓް އެންޑް ޑިޖިޓަލް ޖަރނަލިޒަމް، ޖަރނަލިޒަމް އެންޑް މީޑިއާ ސްޓަޑީޒް، އިންވެސްޓިގޭޓިވް ޖަރނަލިޒަމް، ޓީ.ވީ އެންޑް ރޭޑިއޯ ޖަރނަލަޒިމް، ޓެލެވިޒަން ޖަރނަލިޒަމް، މަލްޓިމީޑިއާ ޖަރނަލިޒަމް، ފައިނޭންޝަލް ޖަރނަލިޒަމް . މަލްޓިމީޑިއާ ޑިޒައިން، މަލްޓިމީޑީއާ ޓެކްނޯލޮޖީ، މަލްޓިމީޑީއާ ޕަބްލިކް ރިލޭޝަންސް. ޑިޒައިން، ޑިޖިޓަލް ޑިޒައިން، ވިޝުއަލް ޑިޒައިން، އެނިމޭޝަން ޑިޒައިން، ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން، އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން، ޑިޒައިން އެންޑް އެޑްވަޓައިޒިންގ، އިލަސްޓްރޭޝަން، ވިޝުއަލް އާޓްސް، ވިޝުއަލް އިފެކްޓްސް، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން، އެނިމޭޝަން، ޑިޖިޓަލް މާކެޓިންގ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޕަބްލިކް ރިލޭޝަންސް، ކޮމިއުނިކޭޝަންސް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޑިސެންބަރު 2025 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 01 ޖަނަވަރީ 2026 އާއި 15 ޖަނަވަރީ 2026 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 ޑިސެންބަރު 2025
ހޯދާ