މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާ ތަމްސީލްކުރާނެ ޤާނޫނީ ވަކީލުން ބޭނުންވެއްޖެ.

     މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާ ތަމްސީލްކުރާނެ ޤާނޫނީ ވަކީލުން ހޯދުމަށްކުރި ނަންބަރ (IUL)336/336/2025/82 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ހުޅުވާލަމެވެ.

    މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފާރމެއްގެ ޚިދުމަތް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.

    ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 29 ޑިސެންބަރ 2025 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކ.ގުޅީ ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 31 ޑިސެންބަރ 2025 ވަނަ ދުވަހު 10:00 ގައި ކ.ގުޅީ ކައުންސިލް އިދާރާގައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިގައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމުން ކަމާގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑް ހުށައެޅުމާއި ގޮތުން އެއްވެސް ސުވާލެއްވާނަމަ، [email protected] އަށް މެއިލް ކުރެވުން އެދެމެވެ. ނުވަތަ 6640068 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

    އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. 

25 ޑިސެންބަރު 2025
ހޯދާ