ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މަސައްކަތު
ރޭންކް: އެސް.އެސް 1
ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
ބޭނުންވާ އަދަދު: 01
މުސާރަ: -/3100 ރުފިޔާ
ސާރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާއޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް
ގިންތި: ވަގުތީ (3 މަސްދުވަހަށް)
ވަޒީފާ އަދާކުރާ ތަން : މަޑަވެލީ ސްކޫލް
މި ސްކޫލުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި ޙަވާލުކުރެވިފައިވާ ތަންތަނުގެ ސާފުތާހިރުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ކްލާސްރޫމްތައް ކުނިކަހާ ފޮޅައި ސާފުކުރުމާއި، ކުޑަދޮރުތަކާއި، ފެންލައިޓް ބިއްލޫރި ސާފުކުރުމުގެ އިތުރުން ކްލާސްތަކުގެ ގޮޑިއާއި ޑެސްކުތަކާއި ބޯޑުތައް އަދި ޑަސްބިން ސާފުކުރުން.
- ފިކްސްޗާސްގެ ހާލަތު ބަލައި ޗެކްކޮށް ރިޕޯޓް ކުރުން.
- ސްކޫލުގެ ފާޚާނާތައް ދުވާލަކު ދެފަހަރު ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގައި ބޭއްވޭ މުހިއްމު ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކުރުމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.
ޝަރުތު:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއެކު ގިނަވަގުތު މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ ގދ. މަޑަވެލީ ސްކޫލުގައެވެ. އިންޓަވިއު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު ބޭއްވޭނެ ތަނާއި، އިންޓަވިއު ކުރުން އޮންނަ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތުހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މިސްކޫލުން އެންގޭނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލްސާވިސްގެ ވަޒީފާއަށް އެދޭފޯމް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެ ފޯމް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. )
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ''ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމް'' ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލުގެ އޮފީހަށެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަޑަވެލީ ސްކޫލުގެ ނަންބަރު 7983090 ނުވަތަ 9977655 ފޯނަށް ގުޅުއްވުން އެދެމެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވާނެގޮތް:
މަޤާމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަވިއު ބޭއްވުމަށްފަހު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބަލައި އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލް ފަރާތްކަމުގައި ހަމަޖެއްސޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ޞަފަރު 1437